ދިރާގު ވޯޑްސާޗު މުބާރާތް ކާމިޔާބުކޮށްގެން ހިލޭ އީދު ދަތުރެއް ހޯދުމުގެ ފުރުސަތު

ދިރާގު ހެޑް އޮފީސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހިލޭ އީދު ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ފޯރިގަދަ މުބާރާތެއް ދިރާގުން ފަށައިފިއެވެ.

ދިރާގުން އިއުލާނު ކުރި މުބާރާތުގައި ޖެހެނީ "ވޯޑްސާޗް" ގޭމެއް ކުޅެ، ފަސް ބަހެއް ހޯދާށެވެ. އެ ފަސް ބަހުގެ ތެރޭގައި ހިމެނެނީ "މޯލްޑިވްސް، ފާސްޓެސްޓް، މޮބައިލް، ނެޓްވޯކް، ދިރާގު"އެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް ޓަކައި ޖެހެނީ ފޭސްބުކް އަދި ޓްވިޓާގެ ބައިވެރިންނަށް ދިރާގުން ޝެއާ ކޮށްފައިވާ ފޮޓޯ ސޭވްކޮށް، ހާއްސަ ފަސް ބަސް ހައިލައިޓްކޮށް ނުވަތަ ބޮޅުއަޅާށެވެ. އެއަށް ފަހު ދިރާގުގެ ޕޯސްޓަށް 'ރިޕްލައި'އެއްގެ ގޮތުގައި ފޮޓޯ ހިއްސާކުރާނީއެވެ.

އެ މުބާރާތް އަންނަ ހޯމަ ދުވަހުގެ ރޭ 23:59ގެ ނިޔަލަށް ކުރިއަށްދާއިރު، މުބާރާތް ކާމިޔާބު ކުރާ މީހަކު www.random.org އިން ހޮވައި، އަންނަ ހަފްތާގެ ތެރޭގައި ދިރާގު ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމެއްގައި އިއުލާން ކުރާނެއެވެ.

އެ މުބާރާތުގެ އިނާމެއްގެ ގޮތުގައި މުބާރާތް ކާމިޔާބު ކުރާ ނަސީބުވެރިޔާގެ އިތުރުން، އިތުރު މީހަކަށް، އަންނަ މަހުގެ 14 އިން 16އަށް މާފުށީގެ ވެލާނާ ހޮޓެލްސްގައި ދެ ދުވަހު ހިލޭ ތިބެވޭނެހެން އީދު ޗުއްޓީ ހޭދަކުރެވޭނެއެވެ.

މީގެ އިތުރުން ފުލް ބޯޑް (ނާސްތާ، މެންދުރުގެ ނާސްތާ އަދި ރޭގަނޑުގެ ކެއުން) އަދި ރިޓާން ޓްރާންސްފާ ވެސް ލިބޭނެއެވެ.

comment ކޮމެންޓް