ތިން އަހަރުގެ މެދުކެނޑުމަށްފަހު، މިއަހަރު ފުޅަނދުބުރު ބާއްވަނީ

ޖުލައި 28، 2015: މިނިވަން 50އާ ގުޅުވަގެން، މާލޭގެ މަގުތަކުގައި ބޭއްވި ފުޅަނދު ބުރުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފުޅަނދުބުރެއް ބާއްވަން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓާ ހަފްސީ އަބްދުﷲ ''ސަން'' އަށް ވިދާޅުވީ މި އަހަރުގެ މިނިވަންދުވަހާއި ގުޅިގެން ފުޅަނދުބުރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި އެކަމުގެ އިތުރު ތަފްސީލެއް އަދި މި ވަގުތު ދެވެން ނެތް ކަމަށެވެ.

ޖުލައި 28، 2019: މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ފުޅަނދުބުރު އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، ރޭ ބާއްވާފައިވާއިރު، އެ ފުޅަނދުތައް އާންމުކޮށް ދައްކާލުމަށް މާފަންނު ވެލިދަނޑުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި އެންމެ ފަހުން ފުޅަނދުބުރެއް ބޭއްވީ ރާއްޖޭގެ 54 ވަނަ މިނިވަންދުވަހާ ދިމާކޮށް 2019 ގައެވެ. އެ ފުޅަނދުބުރުގައި ސަރުކާރުގެ ފަސް ކުންފުންޏަކުން ބައިވެރިވި އެވެ. އަދި ކުޑަކުދިން ޝައުގުވެރިވާނެފަދަ ތަފާތު ގިނަ ކާޓޫން ކެރެކްޓާ ތަކެއް އެ ފުޅަނދުބުރުން ވަނީ ފެނިގެން ގޮސްފައެވެ.

އެ ފުޅަނދު ބުރުގައި 14 ފުޅަނދެއް ބޭނުންކުރިއެވެ.

އޭގެ ފަހުން ފުޅަނދުބުރެއް ނުބޭއްވި ދިޔައީ ކޮވިޑްގެ ސަބަބުންނެވެ.

comment ކޮމެންޓް