މިފްކޯއިން ކުޑަ ތެޔޮފޮދެއްގައި ތައްޔާރުކޮށްފައިވާ މަސްދަޅު ބާޒާރަަށް ނެރެފި

މިފްކޯއާއި އެސްޓީއޯއިން ގުޅިގެން ކުޑަ ތެޔޮފޮދެއްގައި ތައްޔާރުކޮށްފައިވާ މަސްދަޅު ބާޒާރަަށް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މިފްކޯއާއި އެސްޓީއޯ ގުޅިގެން ކުޑަ ތެޔޮފޮދެއްގައި ތައްޔާރުކޮށްފައިވާ މަސްދަޅު ބާޒާރަަށް ނެރެފިއެވެ.

"ޑްރެއިން ކަނޑުމަސް ޗަންކްސް" ގެ ނަމުގައި މިއަދު ބާޒާރަށް ނެރުނު މި މަސްދަޅަކީ މިމަހުގެ ކުރީކޮޅު ހުޅުމާލޭގައި ބޭއްވި ފުޑް އެންޑް ބެވަރެޖަސް (އެފްއެންބީ) ޝޯގައި ނެރުނު މަސްދަޅެކެވެ.

ކުޑަ ތެޔޮފޮދެއްގައި ތައްޔާރުކޮށްފައިވާ މި މަސްދަޅަކީ ބޭނުންކުރަން ފަސޭހަ މަސްދަޅެކެވެ. އެގޮތުން ތެޔޮފޮދު އުކާލަން ނުޖެހުމުގެ ސަބަބުން ކެއްކުމުގައި ވަގުތު ސަލާމަތްވެ ވަގުތުން ސޭންޑްވިޗް ފަދަ ތަކެތި ތައްޔާރުކުރެވެއެވެ.

މިފްކޯއިން ބުނީ ކުރިއަށް އޮތްތާގައި މި މަސްދަޅުގެ އެކި ފްލޭވާތައް ނެރޭނެކަމަށެވެ.

އެގޮތުން ސަންފްލާވާ އޮއިލް، ސޯޔާ ބީން އޮއިލް އަދި އޮލިވް އޮއިލް ފަދަ ތަފާތު ރަހަތަކުގައި މި މަސްދަޅު އުފައްދާނެކަމަށް މިފްކޯއިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް