ދުވާލުގެ އެންމެ އުފާވެރި ވަގުތަކީ ނަމާދުގެ ވަގުތެވެ. ސަބަބަކީ ތިބާދެކެ އެންމެ ލޯބިވާ ފަރާތާއި ވާހަކަދެކެވޭ ވަގުތަކީ އެއީކަމަށް ވާތީއެވެ."

***

"ވިޒިޓިން. އަދި..."އަސްލަން ކަރުކެހިލިއެވެ." އަޅުގަނޑު ވިސްނަނީ މަންމަގެ އުފަން ރަށުން މީހަކާއި އިންނަން. އަޅުގަނޑަށް ކަމުދާކުއްޖެއް ފެނިއްޖެއްޔާ......"

"އަސްލަން. ތިއީ ކިހިނެއްވާނެ ކަމެއް؟ މުސްލިމަކާއި ކްރިސްޓިއަނަކަށް ކައިވެނިކުރެވޭތަ؟"

"އަޅުގަނޑު ގާތު މަންމަ ބުނީ މަންމަވެސް މުސްލިމެއްގެ ގޮތުގައި ހުރެ ކަމަށް ބައްޕައާއި މެރީކުރީ. އެހެންވެ އެގޮތަށް ނިންމީ. މަންމަ ބުނީ ޖިހާދަށް ދާން ހުރި އަންހެންކުއްޖެއްވިޔަސް އަޅުގަނޑާއި މެރީކޮށްފިއްޔާ ޔޫކޭގައި ދިރިއުޅެން ނިންމާނެއޭ..ވީމަ ބައްޕަވެސް އަޅުގަނޑަށް އިތުބާރުކުރައްވާ. ބައްޕަ ހިތާމަ ކުރާކަށް ނުޖެހޭނެ. އައި ޕްރޮމިސް ޔޫ..............................................."

މާކް ކްރޯފޯޑްގެ މޫނުމަތިން ފެންނަން ހުރީ ސީރިޔަސްކަމެވެ.

"އަސްލަން ތި ބުނި ބަހުގައި ހިފަހައްޓަންވާނެ. ބައްޕަ އިސްލާމްދީނަށް ނަފްރަތުކުރާ ވަރާއި އެމީހުންނާއި ހަގުރާމަކުރަން އިޒްރޭލްފަދަ ތަންތަނަށް ފަންޑުކޮށް މި ކުރަނީ ސަމާސާއެއްނޫން. ދަރިފުޅު ފަހަރެއްގައިވެސް އެލީގެ ފުރާނައިގެ ކަރާމާތަށް ގެއްލުންވާފަދަ ކަމެއް ނުކުރާނެކަމަށް އުއްމީދުކުރަނީ. އަދި ބައްޕަގެ އިހުސާސްތަކަށްވެސް ގަދަރުކުރަންވާނެ. އެހެންނޫނީ ބައްޕަގެ މި ލޯތްބާއި ކުލުނު އެހެން ސިފައެއް ޚިޔާރުކޮށްފާނެ. ބައްޕަފަދައިން ދަރިންވެސް ވާންޖެހޭނީ ނިރުބަވެރިންގެ ދުޝްމިނުންނަށް. ދުނިޔޭގެ އަމަން އަމާންކަން ނަގައިލަން އުޅޭ އެ ނުބައި ނުލަފާ މުސްލިމުންނަށް އެއްވެސް ކަހަލަ ހަމްދަރުދީއެއް ނުލިބޭނެ. ސަޕޯޓެއް ނުކުރެވޭނެ..އަސްލަންއަށް އެނގޭތަ؟ ނަތާއަށްޓަކާ ބައްޕަ މިހިރީ ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކޮށްގެން އެއްޗެކޭ ނުބުނަން. ސަބަބަކީ މަންމައެއްގެ އިހުސާސްތަކެއް ވާކަން އެނގޭތީ. ދަރީގެ މައްޗަށް ޖަނަވާރުންވެސް ކުލުނުހުރޭ. އެކަމުގައި ނަތާގެ ކުށެއްނެތް. އަމިއްލަ ދަރީގެ މައްޗަށް ލޯބި ހުންނާނެ.އެކަމަކު ނަތާވެސް އިމުން ބޭރުވެއްޖެއްޔާ ފިޔަވަޅު އަޅާނަން. އެކަމަކު ނަތާއަކަށް ނޫން. މަގުން އެއްފަރާތްކޮށްލާނީ ހާރިސް.........."މާކްގެ އަޑަށް ވެރިވި އިންޒާރާއިއެކު ލޮލުން ފިނިކަމެއް ފެނުނެވެ.

އަސްލަންގެ ލޮލުގެ ކުރިމަތިން ހާރިސްގެ ތަސްވީރު ފެނިފައި ގެއްލުނެވެ.

ތެދެކެވެ. އެއީ އޭނަގެ އެންމެ ބޮޑު ދުޝްމިނެވެ. އޭނަގެ ދިރިއުޅުން ހަލާކުކޮށްލި މީހާއަކީ ހާރިސްއެވެ. އެ ނިރުބަވެރިޔާއެވެ. ތުނބުޅިއާއި އަރަބި ހެދުމުގެ ނިވަލުގައިވާ ކޮންމެ މީހަކީ އެ ޖަމާއަތުގެ މީހުންނެވެ. ކޮއްކޮގެ ފުރާނަ ދުއްވައިލީވެސް މި ޖަމާއަތުންނެވެ. އޭނަގެ ހިތް ހިލައަށްވުރެ ހަރުކުރަން ޖެހޭނެއެވެ.

"ބައްޕާ. ޚައި އަބަދު ބޭނުންވޭ ރާއްޖެ ދެކެލަން. އެހެންވެ އަޅުގަނޑު ދާއިރު ގޮވައިގެން ދަނީ. އައި ވިލް ކަމްބެކް. ޚައިވެސް އަންނާނެކަމުގެ ޔަގީންކަން ދެން....." އަސްލަން ހިނިތުންވެލިއެވެ.

އަސްލަންގެ ލޮލުގައިވި ސާބިތުކަމުން މާކްގެ ހިތަށް ހަމަޖެހުން ލިބުނެވެ. އޭނަގެ ދަރިފުޅަކީ ލައްކައިން އެކެކެވެ.

"އަސްލަން. ޚައިއަށް ވިސްނައިދީ. ނޫނީ ސިކުނޑި ދޮވެލަފާނެ. ޚައިގެ މައިންޑް ވަރަށް ބަލިކަށި، އޮޅުވައިލަން ނިކަން ފަސޭހަވާފަދަ ގޮތަކަށް ޚައިގެ ފިކުރު އެހެރީ......."

އަސްލަންގެ ހިތް ގެނބޭގޮތްވިއެވެ. ބައްޕަގެ ފިކުރާއި ޚިޔާލުން އެއްކިބާވެ ޚައިރާ އިސްލާމްދީން ޚިޔާރުކުރިކަން އެނގިއްޖެއްޔާ އެގެއަށް ކުޑަވަރެއްގެ ގިޔާމަތެއް އަންނާނެއެވެ. ކުއްލިއަކަށް އަސްލަންގެ ޚިޔާލުވެސް ބައްޕައާއި އެއްކޮޅަށް ދީލާލައިފިއެވެ. ކޮއްކޮ ހާރިސްއާއި ގުޅުވަން އޭނަ މަސައްކަތްކުރީ އަމިއްލައެދުން ބޮޑުވެގެންނެވެ. ސިއާރާއާއި ހަމަޔަށް ފޯރަންވެގެންނެވެ. ނަމަވެސް ޚައިރާ ބޭނުންކޮށްގެން އެ މަސައްކަތްކުރުވުމަކީ ފިޑި އަމިއްލަ އެދުމުން ފޯވެފައިވާ އަމަލެއްކަމުގައި ދެކި ލަދުވެސް ގަތެވެ. އޭނައަކީ ކޮންކަހަލަ ބޭބެއެއްހެއްޔެވެ؟ ކޮއްކޮ ހާރިސްއަށް ވިއްކުމެކޭ ހުރީ ކޮންތަފާތެއްހެއްޔެވެ؟ އޭނަގެ ދުޝްމިނެއްގެ ހިމާޔަތަށް ލޯބިވާ ކޮއްކޮ ދޫކޮށްލުމަށްވުރެ ލަދުވެތި ނުބައި އަމަލެއްވާނެ ކަމެއް ނޭގެއެވެ. އޭނަ ޖެހޭނީ ޚައިރާ ހާރިސްގެ ވަކިތަކުން ސަލާމަތްކުރާށެވެ. ކޮންމެ އަގެއް ދައްކަން ޖެހުނަސް ހެވެވެ.

***

ޚައިރާ އަރަބި ކާޓޫނެއް ބަލަން އިނދެވެސް ނޯޓްތައް ނަގަމުން ދިޔަތަން ފެނި އަސްލަން ހައިރާންވިއެވެ. އަރަބިބަސް ދަސްކުރާހިތުން ޚައިރާ މޮޔަވާވަރު އެނގެނީ އެނދުމަތީގައި ހުރި ފޮތްތަކަށް ބަލައިލުމުންނެވެ. އަރަބި ޑިކްޝްނަރީއާއި ކުޑަކުދިންގެ ވާހަކަތަކެވެ. އެވެސް އަރަބި ބަހުން ލިޔެފައެވެ.އަސްލަން އެނދުމައްޗަށް ވެއްޓިގަތުމުން ޚައިރާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އޭނަ ބުނީ މިއަދު ޑިއުޓީއަށް ނުދާ ކަމަށާއި ދެންމެ ފެންވަރާލައިގެން އައުމުން ގެއްލުން ދެނިވި ޖަރާސީމެއް ނެތްކަމުގައެވެ. އެވަރުންވެސް ޚައިރާއަށް ސެނިޓައިޒާ ފުޅިން އަސްލަންގެ އަތަށް ޖަހައިނުލާ ނުހުރެވުނެވެ. އަސްލަން ތުރުކީއަށް ދާހިތްވޭހެއްޔޭ އެހުމުން ޚައިރާ ކޮންމެވެސް ވަރަކަށް ޝައުގުވެރިވިއެވެ. ނަމަވެސް އެ ދަތުރު ގޮސްފިއްޔާ އޭނައާއި ހާރިސްގެ ދޭތެރޭގައި އޮތް ދުރުމިން އެތައް ގުނަ އިތުރުވާނެއެވެ.

"އެންމެ ދިހަ ދުވަސް....ނޯ ވޮރީސް ޕަމްޕްކިން.."އަސްލަން ބުނެލިއެވެ.

"އެކަމަކު......."

"އެންމެ ރަގަޅު. ދެން އަހަރެން އެކަނި ދާނީ. ޚައިއާއެކު އެތަނަށް ދާހިތުން އެހާވަރުން އުޅުނީމަ ދެރަކޮށް މިދިމާވީ. ވަރަށް އެކަނިވެރިވާނެ. ދެން ކުރާނެކަމެއްނެތް. ސޯލޯ ޓްރެވެލާއެއްގެ ގޮތުގައި ގޮސްފައި ދެން އަންނާނީ......."އަސްލަން ދެރަވީކަމަށް ހެދުނެވެ.

ޚައިރާގެ ހިތް ކަފަކޮޅެއްހާ މަޑުކަމުން ވަރަށް ފަސޭހައިން ޖަޒުބާތުގައި ޖެހުނެވެ. ފެންކަޅިވިއެވެ.

"އޯލްރައިޓް. އެހެންވިއްޔާ ދާނަން..."

"ތެންކިއު ސްވީޓްހާޓް.."އަސްލަން އުފާވިއެވެ.

***

އަސްލަންގެ ވާން އުޅޭ އަނބިމީހާއަށްޓަކާ ހަދިޔާއެއް ގަންނަން އެރިކް ގޮވައިގެން ގޮސް ގަހަނާ ފިހާރައަކަށް ވަނެވެ. އެތަނުގައި ވިދާ ބަބުޅާ އަލިމަހާއި އެކި އަގުބޮޑު ޖަވާހިރުތަކުގެ ވިދުންތައް ފެނި ލޯވެސް ތަރަތަރަޖަހައިގެންދާވަރުވެއެވެ. ގަނެފައި ނުގަންނަންވީ އެއްޗެއް އަސްލަންއަކަށްވެސް ނޭގުނެވެ. އެންމެފަހުން އަލިމަސް އަދި ނީލަން ޖަހާފައިވާ ގަހަނާ ސެޓެއް ނެގިއެވެ.

"އަދިވެސް ގަބޫލުކުރުން ދަތި. އަސްލަންއަކާއި ނިގާބީއެއް ނުގުޅޭ......"

"އެރިކް ކައިރީ މިހެން ނުބުނަން ހުރީ. އެކަމަކު ސިއާރާ އެގޮތަށް ދިޔައީމަ ހިތް ހަލާކުވާވަރުވި. އެކަން ހަނދާން ނައްތާލަންވެގެން އެކަހަލަ އަންހެންކުއްޖެއް މިހޯދީ. ސިއާރާ އޮޅުވައިލީ. ބިޓްރޭކުރީ................" އަސްލަންގެ މޫނުގެ ކުލަ ފަނޑުވިއެވެ.

"ރިވެންޖް ނަގަން ކުރާކަމެއްތަ؟"

"ނޮޓް ރިއަލީ....."

"ދެން؟"

"އަހަރެން ބޭނުންވީ ހުރިހާ ހިތާމަތައް އެއްފަރާތްކޮށްލާފައި ކޮންމެވެސް އެހެން ބައިވެރިޔަކާއެކު ދިރިއުޅުން ވޭތުކުރަން. އެކަމަކު ބައްޕައަށް އެކަން އެނގިއްޖެއްޔާ ވާނެގޮތެއް ނޭގޭ....އަދި އެރިކްއަށް އެނގޭތަ؟އަހަރެން އުޅުނިން ދޯހާރިސްއާއި ޚައި ގުޅުވަން. އެކަމަކު ބައްޕަގެ ނަފްރަތު އިހުސާސްކުރެވުމުން ޚިޔާލު ބަދަލުކޮށްފިން. ޚައިއާއި ހާރިސް ގުޅުމަކީ އެކަށީގެންވާކަމެއްނޫން. އިޓްސް ނޮޓް ޕޮޒިބްލް..ހާރިސްއަށް އެހެން އަންހެންކުއްޖަކު ހޯދަދީ. އަހަރެންވެސް ޚައި ރާއްޖެ ގެންގޮސް އެހެން މީހަކާއި ގުޅުވަން މަސައްކަތްކުރާނަން.." އަސްލަން ފުން ނޭވާއެއް ދޫކޮށްލިއެވެ.

އެވަގުތު ނިގާބީ ދެ އަންހެންކުއްޖަކު އަންނަތަން ފެނުމުން އަސްލަން ފަރުވާތެރިކަމާއެކު އެކުދިންނަށް ބަލައިލިއެވެ. ސިއާރާ ކިތަންމެ ގާތުގައިވެސް ހުރެދާނެއޭ ހިތް ބުނަނީއެވެ. ފަރުދާވެގެން ހުރުމުން އެނގޭނީވެސް ކިހިނެއްހެއްޔެވެ؟ މި ދެއަންހެންކުދިންގެ ލޮލެއްވެސް ފެންނަނީއެއް ނޫނެވެ.

އެރިކްގެ ރޭވުންތައް ކާމިޔާބުނުވިކަން އެނގުމުން ހިތަށް އުދަގޫތަކެއްވިއެވެ.

"ސިއާރާ އާއި އަސްލަން އަދި ޚައިރާއާއި ހާރިސް ގުޅުނުނަމަ ކިހާ ދިރިއުޅުން ފުރިހަމަވީސް.........." އެރިކް ހިތާހިތުން ކިޔައިލިއެވެ.އެކަމަކު ދިރިއުޅުމަކީ ސްޓްރަގްލްއެއް. ވިހޭ ދުވަހުން ފެށިގެން ކަށްވަޅަށްދާންދެން އިންސާނާ ސްޓްރަގްލް އެބަކުރޭ. އެހެންވެ އެއްވެސް މީހަކަށް އެންމެ ފުރިހަމަ ދިރިއުޅުމެއް ނުލިބެނީ.........."

***

އަސްލަންއާއި ޚައިރާއަށް ރާއްޖޭގެ ރީތިކަން ފެނުމުން މޮޔަވާވަރުވިއެވެ. މަޑު ހޫނު އަތްވެއް ދީފައިވާއިރު ވައިރޯޅިތައްވެސް އެހާ މަޑެވެ.ވަށައިގެން ފެންނާންއޮތް މޫދު ފެނުމުން ޚައިރާއަށް ފޯނު ހިފައިގެން ގޮސް ފޮޓޯ ނަގަން ފެށުނެވެ. މަންމައާއި އަސްލަންއާއެކު ފޮޓޯ ނަގާފައި އޭނަ ބައްޕައަށްވެސް ފޮނުވިއެވެ. އަސްލަންވެސް އިންސްޓާ ކުރި ފޮޓޯއެއްގައި "ޕެރެޑައިސް"ޖަހާފައި ކުޑަ ހިތެއް ޖަހައިލިއެވެ. ދެބެންގެ އުފާވެރިކަން ދެކެން ހުރި ޒެފްރީން ފެންކަޅިވިއެވެ. ޚައިރާ އިރުއިރުކޮޅާ ﷲ އަކްބަރު ނޫނީ ސުބުހާނަﷲ ފަދަ އެއްޗެކޭ ބުނެލާފައި މި ރީތިކަމުންވެސް ހިތަށް ގެނުވަނީ ﷲ ސުބުހާނަހޫ ވަތައާލާގެ ކުޅަދުންވަންތަކަން ކަމުގައި ބުނުމުން އަސްލަން އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. އޭނަ އިނީ ހިތްހަމަނުޖެހިފައެވެ. ދީންދެކެ ކުރިއަށްވުރެ ބޮޑަށް ފޫހިވާންފެށިއެވެ. ދީނަކީ އާއިލާވެސް ބައިބައިކުރުވާ އެއްޗެއް ކަމުގައި އޭނަ ނިންމިއެވެ. ބައްޕައަށް ހަގީގަތް އެނގުމުން ވެދާނެ ގޮތެއް އެނގެނީއެއް ނޫނެވެ.

"މަންމާ. މާމަމެން މާފުކުރީތަ؟ މިދަތުރުގައި ކޮންމެގޮތެއް ހަދާފައިވެސް މާމަމެން ކައިރިއަށްދާން ބޭނުން...މަންމަގެ ފެމިލީ މީހުންނަށް އަހަރެމެން އެނގެންވާނެ.." ޚައިރާ ޝައުގުވެރިކަމާއެކު އެހިއެވެ.

"ދަރިފުޅާ. މަންމަ މިހާރު އުޅެނީ މާމަ ގާތުގައި. މަންމަމެން މާފުދީފި އަލްހަމްދުލިﷲ......." ޒެފްރީނާއަށް ކަރުނައިގެ ތެރެއިން ހިނިތުންވެލެވުނެވެ."މައިންބަފައިން ނަށް ޚިދުމަތްކުރަން ލިބުމަކީ ހަމަ ނިއުމަތެއް....."

"މަންމައަށް އެނގޭތަ؟ ގުރުއާނުގައި މައިންބަފައިންނަށް ކަމޭ ހިތުމާއި ބެހޭގޮތުން ހާދަ ރީތި އާޔަތްތަކެއް ހުރެއޭ. ވަރަށް އިމޯޝަނަލް. އެ އާޔަތްތައް ކިޔަވާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ އާދޭ......." ޚައިރާ ޖިންސްގެ ޖީބަށް އަތް ޖަހައިލިއެވެ. އޭނަ ޖިންސާއިއެކު ތަންކޮޅެއް ބޯ ޓީޝާޓަކާއެކު ބޭރުން ދިގު ޖެކެޓެއްލައިގެން ހުރުމުން ހަށިގަނޑުވަނީ މުޅިންހެން ފޮރުވިފައެވެ. ޑެނިމް ފޮތީގެ ސްކާފަކުން އިސްތަށިގަނޑުވެސް ނިވާކޮށްލާފައެވެ.

"މާމަމެން ވަރަށް އުފާވާނެ މި ދެކުދިން ފެނުނީމަ. އަސްލަންގެ ތުނބުޅިވެސް ކުޑަކޮށް ހުރީމަ ވަރަށް މުސްލިމް ފާޑު އެބަހުރި...." ޒެފްރީނާ އަސްލަންގެ މޫނުގައި ފިރުމައިލިއެވެ." މަމް ހަމަ ވަރަށް ޕްރައުޑްވޭ. ނިގާބީ ކުއްޖަކާއި ކައިވެނި ކުރުމުން ދަރިފުޅުގެ ހަޔާތް ބާއްޖަވެރިވާނެ އިންޝާﷲ. އަސްލަންގެ ޗޮއިސް މަންމައަށް ހަމަ ބެސްޓް. އަލާނާއަކީ އެންމެ މާތް ލޯބި އަންހެންކުއްޖާ.."

"ވާއު...ސީރިޔަސްކޮށް؟" ޚައިރާ ލޯ ބޮޑުކޮށްލިއެވެ."އަލާނާއަކީ ކާކުތަ؟"

"ފަހަރި....." އަސްލަން ބުނެލީ އެއް ލޯ މަރައިލަމުންނެވެ.

"ޔޭ......" ޚައިރާއަށް އަސްލަންގެ ގައިގާ ހިފައިނުގަނެވުނީ ހަމަ ކިރިޔާއެވެ."މާތްﷲއަށް ހަމްދުކުރަން. މިއަދު މުޅިން އުފާވެރި ޚަބަރުތައް. ތުރުކީދަތުރަށްފަހު ސަޕްރައިޒަކަށްފަހު ސަޕްރައިޒެއް ލިބެނީ. ކިހިނެއް މިވަނީ؟ އުފަލުން ހިތް އުދުހޭނެނަމަ ހިތް ހަށިގަނޑު ދޫކޮށް ގޮސްދާނެ..."

އެންމެން އެކީގައި ގޮސް ލޯންޗަށް އެރުމާއެކުހެން ލޮނުގަނޑު ކަފާލާފައި އުދުއްސައިގަތްހެން ހީވިއެވެ. ޚައިރާ ވީޑިއޯކޮށްފައި އޭނަގެ އެކުވެރިންނަށް ފޮނުވަންފެށިއެވެ.

ޒެފްރީނާގެ އާއިލާގެ ފަރާތުން އެދެބެންނަށް ހޫނު މަރުހަބާއެއްކިއެވެ. ބޮޑު އާއިލާއެއްކަމުން އެންމެން އެއްވެ އެގޭ ބޮޑު ގޯތިތެތޭގައި ސައިބޮއި އެކަކު އަނެކަކަށް ތައާރަފުވިއެވެ. އަސްލަންއާއި ޚައިރާއަށް އެންމެންގެ ފަރާތުން ލޯތްބާއި އޯގާތެރިކަން ލިބުނީ ހީނުކުރާވަރަށެވެ. އެހުރިހާ އުފަލަކަށްފަހު ޚައިރާ ކޮޓަރިއަށްގޮސް ނިދަން ތައްޔާރުވިތަނާ ލިބުނު ޚަބަރަކުން ޝޮކަކަށް ދިޔައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު