މީޑިއާނެޓުގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

"މީޑިއާނެޓް ކޮންވެންޝަން 2022"ގެ ތެރެއިން -- ފޮޓޯ/ މީޑިއާނެޓް

މީޑިއާނެޓުގެ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް އެ ކުންފުނީގެ ވިޔަފާރީގެ ބައިވެރިންނާ މަޝްވަރާކުރުމަށް ޚާއްޞަ ސެމިނާއެއް ބާއްވައިފިއެވެ.

"މީޑިއާނެޓް ކޮންވެންޝަން 2022"ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގެ މަގްސަދަކީ މީޑިއާނެޓުގެ ހެޑްއެންޑް އިން ދަ ސްކައި (ހިޓްސް) ޚިދުމަތްތައް ފުޅާކުރުމާއި، ވިޔަފާރީގެ ބައިވެރިންނާއެކު ގުޅުން ބަދަހިކުރުމެވެ.

މީޑިއާނެޓުން ރާއްޖޭގެ އެކިކަންކޮޅުތަކަށް އެ ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދެނީ ހިޓްސް މެދުވެރިކޮށެވެ. މި ޚިދުމަތް މިހާރު ވެސް އެ ކުންފުނިން އަންނަނީ ރާއްޖޭގެ 186 ރަށަކަށް ފޯރުކޮށްދެމުންނެވެ.

"މީޑިއާނެޓް ކޮންވެންޝަން 2022"ގެ ތެރެއިން -- ފޮޓޯ/ މީޑިއާނެޓް

އެ ސެމިނާގައި ވަނީ އެ ޚިދުމަތް ފޯރުކޮށްދިނުމުގައި މީޑިއާނެޓުގެ ބައިވެރިންނަށް މިހާރު ހުރި ދަތިތަކާއި ޚިދުމަތް އިތުރަށް ފުޅާކުރުމަށް ކުރެވެން ހުރި ކަންކަމާމެދު މަޝްވަރާކޮށްފައެވެ.

މީޑިއާނެޓުން ބުނީ އެ ކުންފުނީގެ ވިޔަފާރީގެ ބައިވެރިން އެއް ތަނަކުން ދިމާވެ، ޚިޔާލު ބަދަލުކުރުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި، ވިޔަފާރީގެ ބައިވެރިން ކުރާ މަސައްކަތުގެ އަގު އެ ކުންފުނިން ވަޒަންކުރާ ކަމަށެވެ.

comment ކޮމެންޓް