ވަޒީފާ ހޯދަން ދަތިވާ މީހުންނަށް ހާއްސަކޮށްގެން މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)އިން ޖޮބް ފެސްޓިވަލްއެއް ބާއްވަން ނިންމައިފިއެވެ.
ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ އިދާރާތައް ހިމެނޭގޮތަށް 26 ތަނަކުން ބައިވެރިވާ މި ޖޮބް ފެސްޓިވަލް އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00ން ރޭގަނޑު 10:00ށް އެމްއެންޔޫގެ މައި މަރުކަޒުގައެވެ.
އާއްމުކޮށް އެންމެންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޖޮބް ފެސްޓިވަލްއަކީ ވަޒީފާ އުފައްދާ މީހުންނާއި ވަޒީފާ ދޭ މީހުންނާއި ދަސްވެނިވާ ދަރިވަރުންނާއި ވަޒީފާ ހޯދާ މީހުން ގުޅުވައިދޭ ބާޒާރެއް ކަމަށް އެމްއެންޔޫއިން މައުލޫމާތު ދެއެވެ.
މި ފެސްޓިވަލްގެ މަގުސަދެއް ކަމަށް އެމްއެންޔޫއިން ބުނީ، އާއްމުންނާ ހިސާބަށް ނުފޯރާ ހުރި އެކި ކަހަލަ ފުރުސަތުތަކާއި ބްރޭންޑުތައް އާއްމުންނާ ހަމައަށް ގެންގޮސްދޭނެ މަގެއް ފަހި ކޮށްދިނުމާއި ރާއްޖޭގައި ހުރި އެކި ކަހަލަ ސިނާއީ ފުރުސަތުތަކާއި އެއާގުޅޭ ކަންކަމުގައި ހުނަރުވެރިން ބިނާކުރަން އަހުލުވެރި ކުރުން ކަމަށް އެމްއެންޔޫއިން ބުންޏެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައްޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުސަތުތައް އާއްމުންނަށް ދައްކާލުމާއި ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް، އެމްއެންޔޫ މެދުވެރިކޮށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް އެމްއެންޔޫއިން ބުންޏެވެ.
މި ފެސްޓިވަލުގައި ބައިވެރިވާ ފަރާތްތަކަކީ:-
- އެމްއެމްޕީއާރްސީ
- އެމްޓީސީސީ
- ހެލްތް މިނިސްޓްރީ
- ޕްލޭނިން މިނިސްޓްރީ
- ފަހި ދިރިއުޅުން ކޯޕަރޭޝަން
- ޖުޑީޝަލް ސާވިސް ކޮމިޝަން
- އެއާޕޯޓްސް ކޮމްޕެނީ
- ސްޓޯން ހޮޓެލްސް
- ކަލާސް ލޭންޑް
- އައިޖީއެމްއެޗް
- ޔޫތް މިނިސްޓްރީ
- ޓްރީޓޮޕް ހޮސްޕިޓަލް
- މިފްކޯ
- މީރާ
- ޕީއެސްއެމް
- ހެރިޓޭޖް މިނިސްޓްރީ
- ބިޒްނަސް ސެންޓާ ކޯޕަރޭޝަން
- ދިރާގު
- ބިޒްނަސް ސެންޓާ ކޯޕަރޭޝަން
- އެމްޑަބްލިޔުއެސްސީ
- ކޮންސްޓެންޓް މޫފުށި ރެސޯޓް
- ސީކްރެޓް ޕެރަޑައިސް މޯލްޑިވްސް
- މާކިޔާ މޯލްޑިވްސް ކޫއްޑޫ ރެސޯޓް
- އުރީދޫ
- އިކޮނިމިން މިނިސްޓްރީ
- މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ