އުރީދޫ ''ވޯލްޑް ކަޕް ފޯރި'' ފަށައިފި

އުރީދޫ ''ވޯލްޑް ކަޕް ފޯރި'' ކެމްޕޭން އިއްޔެ ވަނީ ފަށައިފަ -- ފޮޓޯ/ އުރީދޫ

ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް ފޯރިއާއެކު ވޯލްޑް ކަޕް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން "އުރީދޫ ވޯލްޑް ކަޕް ފޯރި" ކެމްޕޭން ރަސްމީކޮށް ފަށައިފިއެވެ.

ކްރޮސްރޯޑް މޯލްޑިވްސްގައި އެ ކެމްޕޭން ފަށާފައި ވަނީ އުރީދޫގެ ޓީމަކާއި ހާޑް ރޮކް ހޮޓެލްގެ ޓީމަކާ ދެމެދު ކުޅުނު އެކުވެރިކަމުގެ މެޗަކުންނެވެ.

އެ ހަފްލާ އިފްތިތާހުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަހުލޫފު އެވެ. އެ ހަފްލާގައި ވޯލްޑް ކަޕް 2022ގެ އޮފިޝަލް މެޗް ބޯޅަ "އަލް ރިހްލާ" ބޯޅައިގައި މިނިސްޓަރު ޖެއްސެވި ކިކާ އެކު އުރިދޫ މޯލްޑިވްސްގެ ވޯލްޑް ކަޕް ފޯރީގެ ހަރަކާތްތަށް ރަސްމީގޮތުން ފެށިގެން ދިޔައެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް ކޮމާޝަލް އޮފިސަރު، ޚާލިދު އަލް ޙަމާދީ ވިދާޅުވީ މި ފުޓްބޯޅަ ސީޒަނުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ހަރަކާތްތައް ރާވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ވޯލްޑް ކަޕްގެ ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން،" ޙަމާދީ ވިދާޅުވިއެވެ.

އެ އިވެންޓުގައި ހަބޭސް ބޮޑުބެރު ގްރޫޕާއި ރާއްޖޭގެ ރެޑްބުލް ފްރީ ސްޓައިލް ޗެމްޕިއަން މުޙައްމަދު ސައިފް ޒާހިރުގެ ހާއްސަ ހަރަކާތްތަކެއް ވެސް ދައްކާލާފައިވެއެވެ.

ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ އޮފިޝަލް މިޑްލް އީސްޓް އެންޑް އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުގެ ގޮތުގައި އުރީދޫ ހަމަޖެއްސީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު 21އިން ޑިސެމްބަރު 18އަށެވެ.

comment ކޮމެންޓް