މިނިވަން ދުވަހު، ހުރިހާ ރައްޔިތުން ކަޅު ހެދުން ހިޔާރު ކުރުމަށް އިދިކޮޅު ޑީއާރުޕީން ގޮވާލައިފި

10:00


ސަރުކާރުގެ ސިޔާސަތުތަކަށް ދެކޮޅު ހެދުމުގެ ގޮތުން މިނިވަން ދުވަހު، ހުރިހާ ރައްޔިތުން ކަޅު ހެދުން ހިޔާރު ކުރުމަށް އިދިކޮޅު ޑީއާރުޕީން ގޮވާލައިފި އެވެ.


އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާނު ވިދާޅުވީ، ސަރުކާރުގެ ނޭއްގާނީ ސިޔާސަތުތަކަށް ގޮންޖެހުމުގެތުން އަންނަ މިނިވަން ދުވަހުގެ އެގޮތުގައި ފާހަގަ ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.


ރޭގެ އެއްވުމުގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން، ޕީއޭއަށް ނިސްބަތްވެ ވަޑައިގަންނަވާ، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ސަރުކާރު ހިންގުމަށް ދަތިކުރަނީ ރައްޔިތުންގެ މަޖިލީހުން ކަމަށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވާއިރު، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ނުދެވެނީ ސަރުކާރުގެ ގާބިލްކަން ނެތުމުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް ހުއްޓުވާލާފައިވަނީ، އިދިކޮޅު ފަރާތްތަކުން ކަމަށް ސަރުކާރުން ބުނާއިރު، ސިފައިން ހައްޔަރުކޮށްފައިވާ އަބްދުﷲ ޔާމީން ދޫކޮށްލާއިރަށް މަޖިލިސް ކުރިއަށް ދާނެކަން އެނގޭއިރު ސަރުކާރުން އެކަން ނުކުރުމަކީ ރައްޔިތުންގެ މަޖިލިސް ހުއްޓުވާލާފައިވަނީ ސަރުކާރުންކަން ދޭހަވާ ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެއްބަސްވެވަޑައިގެންނެވި ނަމަވެސް ޔާމީން ދޫކޮށްނުލަނީސް މަޖިލީސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު