ރާއްޖެ އެތެރެކުރި ދިހަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް މީގެކުރިން ރާއްޖެ އެތެރެކުރަން އުޅުމުގެ ތެރޭގައި ކަސްޓަމްސްއިން އަތުލައިގަނެފައިވާ ޑްރަގްސް -- ފައިލް ފޮޓޯ/ ކަސްޓަމްސް

ރާއްޖެ އެތެރެކުރި ދިހަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތީގެ ބަރުދަނުގައި ޖުމުލަ 2.064 ކިލޯ ހުރިކަމަށެވެ. އަދި އެތަކެތި އަތުލައިގަތީ މިމަހުގެ 11 ވަނަ ދުވަހު ބްރެޒިލް އިން ރާއްޖެ އައި އެމެރިކާ ރައްޔިތަކާމެދު ޝައްކުކުރެވިގެން، އިތުރަށް ބަލައި ފާސްކުރުމުން ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

މީގެއިތުރުން ކަސްޓަމްސް އިން ބުނީ އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު ކޮކެއިން އަށް ޕޮޒިޓިވްވިކަމަށެވެ.

އެ މައްސަލައިގައި ޝާމިލުވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލިހުންނަށް ހަވާލުކޮށްފައެވެ.

comment ކޮމެންޓް