ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް ނިންމި ރަސްމިއްޔާތު ރައީސް، ޝަރަފުވެރިކޮށްދެއްވައިފި

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022" ނިންމުމުގެ ރަސްމިއްޔާތު ރައީސް، ޝަރަފުވެރިކޮށްދެއްވުން -- ފޮޓޯ/ ރައީސް އޮފީސް

"ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް 2022" ނިންމުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި މުބާރާތުގެ "ކެޑޭޓް އަންހެން ޓީމް" އަދި "ޖޫނިއާ އަންހެން ޓީމް"ގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ގޯލްޑް، ސިލްވާ އަދި ބްރޯންޒް މެޑަލް ހަވާލުކޮށްދެއްވީ ރައީސް ޞާލިޙެވެ.

ރައީސް، ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް 2022"ގެ ބައެއް މެޗުތައް ބައްލަވައިލެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން މި މުބާރާތުގެ "ކެޑޭޓް ފިރިހެން ޓީމް" އަދި "ޖޫނިއާ ފިރިހެން ޓީމް"ގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ގޯލްޑް، ސިލްވާ އާއި ބްރޯންޒް މެޑަލް ހަވާލުކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް 2022"ގެ މެޗެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މި ރަސްމިއްޔާތުގައި އޭޝިޔަން ޓޭބަލް ޓެނިސް ޔޫނިއަންގެ ރައީސް ޚަލީލް އަލް މޮހައްނަދީ ވަނީ ރައީސަށް ހަނދާނީ ހަދިޔާއެއް ވެދުމަށް އަރުވާފައެވެ.

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް 2022"ގެ މެޗެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

"ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022" މުބާރާތުގައި ދެކުނު އޭޝިއާ ސަރަޙައްދުގެ ހަތް ޤައުމެއްގެ ޖޫނިއާ އެތުލީޓުން ބައިވެރިވިއެވެ.

އެގޮތުން މުބާރާތުގައި އެތުލީޓުން ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާން ހިމެނެއެވެ.

comment ކޮމެންޓް