ހާލަންޑު ސިޓީއަށް ބަދަލުވަނީ

ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ހާލަންޑު

ޖަރުމަނުގެ ބުންޑެސާ ލީގާގެ ބްރޫޝިޔާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އާލިން ހާލަންޑު އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރު މެންޗެސްޓާ ސިޓީއަށް ބަދަލުވާން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިތުބާރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯއެވެ.

ރޮމާނޯ ހާމަކޮށްފައިވާ ގޮތުގައި ހާލަންޑު ސިޓީއަށް ބަދަލުވާން ނިންމައި، އެކަަމުގެ އެއްބަސްވުމުގެ މަަސައްކަތް މިހާރު ކުރަމުން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި ހާލަންޑު ވަނީ މިއަދު ބެލްޖިއަމްގައި އޭނާގެ މެޑިކަލްގެ ފުރަތަމަ ބައި ހަދާފައެވެ. އަދި އެއްބަސްވުމުގެ މަސައްކަތް ނިމި، ފައިނަލް މަޝްވަރާތަކަށް ފަހު ސޮއިކުރާނެ ކަމަށް ވެސް ރޮމާނޯ ބުންޏެވެ.

ސިޓީން ހާލަންޑު ގެނައުމަށްޓަކައި ބްރޫޝިޔާ ޑޯޓްމަންޑަށް ދައްކަން ޖެހޭ 75 މިލިއަން ޔޫރޯގެ ރިލީޒް ކްލޯސް ފީ ދައްކާނެކަން ސިޓީން އެ ކުލަބަށް އަންގާފައިވާ ކަމަށް ވެސް ރޮމާނޯ ބުންޏެވެ.

މީގެ އިތުރުން ހާލަންޑު ސިޓީއަށް ބަދަލުވާނީ ހަފްތާއަކު 375،000 ޕައުންޑަށް ކަމަށް ބެލެވޭ ކަމަށް ރޮމާނޯ ބުންޏެވެ. އަދި އޭނާ ސިޓީއަށް ބަދަލުވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށް ވެސް ރޮމާނޯ ވަނީ ބުނެފައެވެ.

ޑޯޓްމަންޑުގައި ހާލަންޑު މޮޅު ކުޅުމެއް ދައްކާަފައިވާ އިރު، އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 66 މެޗު ކުޅެދީ 61 ލަނޑު ޖަހައިދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު