މެންގޯގެ އާ ފިހާރައެއް، މިފަހަރު ކުޑަ ކުދިންނާއި ފިރިހެނުންނަށް

މާލޭގައި ހުޅުވި މެންގޯގެ ދެވަނަ ފިހާރަ

ދުނިޔޭގެ މަޝްހޫރު ބްރޭންޑް، މެންގޯގެ ދެވަނަ ފިހާރަ ރޭ މާލޭގައި ހުޅުވައިފިއެވެ.

މެންގޯގެ އެންމެ ފުރަތަމަ ފިހާރަ އަންހެނުންނަށް ހާއްސަކުރި އިރު މި ފިހާރަ ހާއްސަކުރީ ފިރިހެނުންނާއި ކުޑަކުދިންނަށެވެ.

މި ފިހާރަ ހާއްސަކުރީ ފިރިހެނުންނާއި ކުޑަކުދިންނަށް

ސޮނީ ސްޕޯޓްސް އިން ހުޅުވި އެ ފިހާރަ ހުޅުވީ މަޖީދީމަގުގައެެވެ. ކުރީގެ ފިހާރައިގެ ކުރިމަތީ ހުޅުވި އެ ފިހާރައިން އެންމެ ތުއްތު ކުދިންގެ އަންނައުނު ވެސް ލިބޭނެއެވެ. މީގެ އިތުރުން ވެބްސައިޓުން އޯޑާކުރާ ތަކެތި ވެސް ފިރާހައިން ލިބެން ހުނަނާނެއެވެ.

މި ފިހާރަ ހުޅުވާފަ ހުންނަ ވަގުތުތަކަކީ ހެނދުނު 10:00 އިން 12:00 އަށް، މެންދުރު 02:00 އިން 06:00ކަށް އަދި ރޭގަނޑު 08:00 އިން 10:00ކަށެވެ.

މި ފިހާރަ ހާއްސަކުރީ ފިރިހެނުންނާއި ކުޑަކުދިންނަށެވެ.

މެންގޯއަކީ 1984ވަނަ އަހަރު ސްޕެއިންގެ ބާސެލޯނާގައި އުފެދުނު އަންނައުނު ބްރޭންޑެކެވެ. މިއަދު ދުނިޔޭގެ 110 ގައުމެއްގައި މި ބްރޭންޑުގެ ފިހާރަތައް ހުންނައިރު، ރާއްޖޭގައި މެންގޯގެ އެންމެ ފުރަތަމަ ފިހާރަ ހުޅުވީ 2020ވަނަ އަހަރުގެ މާޗް ފަސް ވަނަ ދުވަހުއެވެ.

comment ކޮމެންޓް