ނައިބު ރައީސް ގުރައިދޫގައި ހުންނަ މަރުކަޒަށް ޒިޔާރަތް ކުރައްވައިފި

ނައިބު ރައީސް ގުރައިދޫ ޚާއްސައެހީއަށް ބޭނުންވާ މީހުންނާ ބައްދަލުކުރައްވަނީ --ފޮޓޯ/ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް, ގުރައިދޫގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރައްވައިފިއެވެ.

މިދަތުރުފުޅަކީ ގުރައިދޫގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ހާލަތު ބެއްލެވުމަށް ނައިބު ރައީސް ކުރެއްވި ދަތުރުފުޅެކެވެ.

އިއްޔެގެ ވަގުތެއްގައި ނައިބު ރައީސް ކުރެއްވި އެ ދަތުރުފުޅުގައި ވަނީ ގުރައިދޫ މަރުކަޒުގައި އުޅެމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ވާހަކަ އަޑުއައްސަވާފައެވެ.

ގުރައިދޫ މަރުކަޒުގެ ކެރަމް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާރުގެ ތެރެއިން---ފޮޓޯ/ރައީށް އޮފީސް

މީގެ އިތުރުން ގުރައިދޫ މަރުކަޒުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކޮށްގެން ބޭއްވި ކެރަމް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވެސް ނައިބު ރައީސް ބައިވެރިވެލެއްވިއެވެ.

ނައިބު ރައީސް ވަނީ މުބާރަތުގެ ވަނަވަނައަށް ދިޔަ ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.

comment ކޮމެންޓް