މި ސީޒަނަށް ފަހު ޕީއެސްޖީން ޕޮޗެޓީނޯ ވަކިކުރަނީ

ޕީއެސްޖީގެ ކޯޗު ޕޮޗެޓީނޯ

މި ސީޒަނަށްފަހު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އިން އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީން ޕޮޗެޓީނޯ ވަކިކުރަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވި، އެ މުބާރާތުގައި ލިބުނު ދަށް ނަތީޖާގެ ސަބަބުންނެވެ. ޕީއެސްޖީ ވަނީ މުބާރާތުގެ ގަދަ 16 ވަނަ ބުރުން ކަޓައިފައެވެ. އެ ޓީމު ކެޓީ ސްޕެއިންގެ ރެއާލް އަތުން ބަލިވެގެންނެވެ.

ޕޮޗެޓީނޯ ވަކިކޮށް ޕީއެސްޖީގެ ކޯޗުކަމަށް ގެންނާނީ މިހާރު ޓޮޓެންހަމަށް އިރުޝާދު ދެމުން އަންނަ އެންޓޯނިއޯ ކޮންޓޭ ކަމަށް ވެސް ރިޕޯޓުގައިވެއެވެ. އަދި އޭނާ ވަނީ އަމިއްލައަށް ޕީއެސްޖީއަށް ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހުށަހަޅާފައި ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

ކޮންޓޭ ޕީއެސްޖީއާ ހަވާލުވާނީ ސްޓްރެއިޓް ސްވެޕް ޑީލެއްގެ ދަށުންނެވެ. އެއީ އޭނާ ޕިއެސްޖީއާ ހަވާލުވުމާއެކު، ޕޮޗެޓީނޯ އަލުން އަނބުރައި ޓޮޓެންހަމާ ހަވާލުވާ ގޮތަށެވެ. ޕީއެސްޖީން ޕޮޗެޓީނޯއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި އެއް އަހަރު އެބަ އޮތެވެ.

ޕޮޗެޓީނޯ ވަކިކޮށް ޕީއެސްޖީން ޒައިނުއްދީން ޒިދާން ގެނައުމަށް މަސައްކަތް ކުރާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ. ނަމަވެސް، މިއަހަރު ހަތަރުގައި ބާއްވާ ވޯލްޑް ކަޕަށްފަހު އޭނާ ފްރާންސްގެ ގައުމީ ޓީމާ ހަވާލުވާނެކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

comment ކޮމެންޓް