ރިސޯޓު ހަދަން ހަތް ރަށެއް، ޖުމްލަ އާމްދަނީ 11.8 މިލިއަން ޑޮލަރު

ރާއްޖޭގެ ރަށްތަކެއް --- ފޮޓޯ/ ވިޒިޓް މޯލްޑިވްސް

ރިސޯޓު ހެދުމަށް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލި 21 ރަށުގެ ތެރެއިން ހަތް ރަށެއް މިއަދު އެވޯޑުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ އެ ރަށްތަކާއި އެރަށްތަކަށް ހުށަހަޅާފައިވާ ލީސް އެކުއިޒިޝަން ކޯސްޓު އަދި ޓޫރިޒަމް ޓްރެއިނިން ފަންޑަށް ހުށަހަޅާފައިވާ އަގުތައް އިއުލާނުކޮށްފައެވެ.

އެގޮތުން، އެވޯޑުކުރެވުނު ރަށްތަކުގެ ތެރޭގައި ހިމެނެނީ:

  • ހއ. އަލިދުއްފަރުފިނޮޅު، އެކުއިޒިޝަން ކޯސްޓު:390،000 ޑޮލަރު، ޓްރެއިނިން ފަންޑު:7،000 ޑޮލަރު
  • މ. ސީދިހުރާ، އެކުއިޒިޝަން ކޯސްޓު:1,599,999 ޑޮލަރު، ޓްރެއިނިން ފަންޑު:120،000 ޑޮލަރު
  • ފ. އެނބުލުފުށި، އެކުއިޒިޝަން ކޯސްޓު:3،601،155 ޑޮލަރު، ޓްރެއިނިން ފަންޑު:150،000 ޑޮލަރު
  • ފ. ޖިންނަތުގައު، އެކުއިޒިޝަން ކޯސްޓު:2,021,121 ޑޮލަރު، ޓްރެއިނިން ފަންޑު:200،121 ޑޮލަރު
  • ގއ. ފުނަދޫވިލިގިއްލާ، އެކުއިޒިޝަން ކޯސްޓު:702،000 ޑޮލަރު، ޓްރެއިނިން ފަންޑު:5،000 ޑޮލަރު
  • ގދ. ކަނޑަހަލަކަލަ، އެކުއިޒިޝަން ކޯސްޓު:2،800،000 ޑޮލަރު، ޓްރެއިނިން ފަންޑު:150،000 ޑޮލަރު
  • ގއ. ފެރޭތަވިލިގިއްލާ، އެކުއިޒިޝަން ކޯސްޓު:702،000 ޑޮލަރު، ޓްރެއިނިން ފަންޑު:5،000 ޑޮލަރު

މިނިސްޓްރީން ވަނީ އެކުއިޒިޝަން ކޯސްޓާއި، ޓްރެއިނިން ފަންޑުގެ 50 އިންސައްތަ ދެއްކުމަަށާއި، ތިމާވެށީގެ އެސެސްމަންޓު ހެދުމަށް 60 ދުވަހުގެ މުއްދަތެއް ދީފައެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ބިޑު ލިބިފައިވަނީ ޖުމްލަ ނުވަ ރަށަކަށް ކަމަށެވެ. އަދި މި ފަހަރު ބިޑު ނުލިބުނު ރަށްތައް އަލުން ބިޑަށް ހުޅުވާލުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި، އެ ރަށްތައް އަލުން ހުޅުވާލާއިރު ބައެއް ބަދަލުތައް ގެނައުމަށް މަޝްވާރާ ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް