ބަންގްލަދޭޝްއަށް ދިން ސްޕެޝަލް ރެކޮގްނިޝަން އައިކަން ބޮޑުވަޒީރު ހަސީނާއަށް އަރުވައިިފި

ބަންގްލަދޭޝްގެ ބޮޑޫ ވަޒީރު ޝައިޚް ހަސީނާއަށް އެވޯޑު ހަވާލުކުރުމުގެ ތެރެއިން

މިދިޔަ މަހުގެ ތެރޭގައި ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އަވަށްޓެރި ބަންގްލަދޭޝްއަށް ދިން ސްޕެޝަން ރިކޮގްނިޝަން އެވޯޑު އެ ގައުމުގެ ބޮޑު ވަޒީރު ޝައިޚް ހަސީނާއަށް އަރުވައިފިއެވެ.

މިއަދު އޮތް ކެބިނެޓުގެ ބައްދަލުވުމަށްފަހު އެ ގަައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އެމްޑީ ޒާހިދު އަހްސަން ރެސެލްވަނީ އެ އެވޯޑު އައިކަން ބޮޑު ވަޒީރު ހަސީއަށް އަރުވާފައެވެ.

މި އެވޯޑު ހަފްލާގައި ވަނީ އަވަށްޓެރި ތިން ދައުލަތަކަށް ސްޕެޝަން ރިކޮގްނިޝަން އެވޯޑު ދީފައެވެ. އެއީ ސްރީ ލަންކާ، ސައުދީ އަރަބިއްޔާގެ އިތުރުން ބަންގްލަދޭޝްއެވެ.

މުޅިން އަލަށް، ރަނގަޅު ފެންވަރެއްގައި ބޭއްވި މި އަހަރުގެ ސްޕޯޓްސް އެވޯޑް ހަފްލާގެ ވާހަކަތައް ދުނިޔޭގެ ބޮޑެތި ނޫސްތަކަށް ވަނީ އަރާފައެވެ. މުޅި ދުނިޔޭގެ ވެސް އެކި ކުޅިވަރު ތަކުގެ ލެޖެންޑުން ބައިވެރިވި މި ހަފްލާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ފައިދާ ތަކެއް ކުރާނެ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވިއެވެ.

މި އެވޯޑު ހަފްލާގެ މަގްސަދަކީ ވެސް ދުނިޔޭގެ ސަމާލުކަން ލިބޭ ފަދަ ބޮޑު އިވެންޓަކަށް ހެދުން ކަމަށާއި، ރާއްޖޭގައި ވެސް ކުޑަ ޚަރަދަކުން ބޭއްވި އެންމެ ފުރިހަމަ އިވެންޓު ކަމަށް ވެސް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

comment ކޮމެންޓް