މަސައްކަތްކުރަނީ އޮންލައިން ޚިދުމަތްތައް މާދަމާ އަލުން ފެށުމަށް: ސްޓެލްކޯ

ސްޓެލްކޯގެ ހެޑް އޮފީސް --- ސަން ފައިލް ފޮޓޯ

ވަގުތީ ގޮތުން ހުއްޓިފައިވާ ސްޓެލްކޯގެ އޮންލައިން ޚިދުމަތްތައް މާދަމާ އަލުން ދޭން ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެ ކުންފުނިން ބުނީ، ޚިދުމަތްތަކަށް އެދި ފޯމު ހުށަހެޅުމާއި، ބިލް ދެއްކުމުގެ އިންތިޒާމުތައް މިހާރު ހެޑް އޮފީހުގައި ވެސް ހަމަޖެހިފައި ހުންނާނެކަަމަށެވެ.

ރޭންސަމްވެއާ ހަމަލާއެއްގެ ސަބަބުން ސްޓެލްކޯގެ ޚިދުމަތްތަކަށް ބުރޫއެރީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. މިހާތަނަށް އެ މައްސަލަ އަދި ހައްލުކުރެވިފައެއް ނުވެއެވެ.

އިއްޔެ ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ހަމަލާއާއި ގުޅިގެން އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓުތަކުގެ އިތުރުން ކައުންޓަރުތަކުގެ ޚިދުމަތް ވެސް މެދުކެނޑިފައިވާކަމަށެވެ.

ސްޓެލްކޯގެ އައިޓީ އިންޖިނިއަރުން އެ މައްސަލަ ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް