ނެޓްފްލިކްސްގެ މަގްބޫލް ސީރީސް ބްރިޖާޓަންގެ ސީޒަން ދޭއް އަންނަ ހުކުރު ދުވަހު

ބްރިޖާޓަން ދެވަނަ ސީޒަން އިން ފެނިގެންދާ ދެ ތަރިން -- ފޮޓޯ: ގެޓީ

ބްރިޖާޓަންގެ ދެވަނަ ސީޒަން އަންނަ ހުކުރު ދުވަހު ރިލީޒްކުރާނެކަން ނެޓްފްލިކްސްއިން އިޢުލާންކޮށްފިއެވެ.

މިސީރީސް އަކީ ޖޫލިއާ ކުއިންގެ ވާހަކަ ފޮތްތަކަށް ބިނާކޮށް ހަދާ ސީރީސްއެކެވެ.

ސީޒަން ދޭއްގައި މިފަހަރު ބޮޑަށް ފެނިގެންދާނީ ބްރިޖާޓަން އާއިލާގެ އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ ހަޔާތުގެ ބައިވެރިއެއް ހޯދުމަށް ކުރާ މަސައްކަތެވެ. އޭނާގެ ސަމާލުކަން ހުއްޓެނީ އެގައުމަށްދާ، އިންޑިއާއަށް ނިސްބަތްވާ އަންހެނަކަށެވެ. ނަމަވެސް އެ އަންހެން މީހާގެ ދައްތައަށް އޭނާގެ އުޅުން ހުރި ގޮތް ކަމަކު ނުދެއެވެ. އަދި މިދެމީހުންގެ ދޭތެރޭގައި އެކަމާ މައްސަލަ ޖެހެއެވެ.

ބްރިޖާޓަންގެ ފުރަތަމަ ސީޒަނަށް ވަނީ މުޅި ދުނިޔޭގެ އެތައް ބަޔެއްގެ ތަރުހީބު ލިބިފައެވެ. އަދި އެ ސީޒަންގައި ބޮޑަށް އަލި އަޅުވާފައިވަނީ އެ އާއިލާގެ އެހެން ފިރިހެނެއްގެ ލޯބީގެ ގުޅުމަށެވެ.

ބްރިޖާޓަންގެ ތަރިންނަށްވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވެއެވެ. އެއީ އެކި ނަސްލުތަކުގެ މީހުން ވެސް ހިމަނާފައި ވާތީއެވެ.

"އަހަރުމެން ބަލަނީ އެންމެންވެސް ބައިވެރި ކުރެވޭތޯ،" ސީރީސްގެ ޑިރެކްޓަރު ޝޮންޑާ ރައިމްސް ބުނެފައިވެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު