އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި މިރޭ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް) ފައިނަލަށް ދަތުުރުކޮށްފިއެވެ.
މި މެޗު ސީއެފްއެސްއިން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ކާމިޔާބު ކުރީ އެފްއެޗްޓީއެސްްއިންނެވެ. ނަމަވެސް ޖެހިގެން އައި ތިން ސެޓު ކާމިޔާބުކޮށް ސީއެފްއެސްއިން ވަނީ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައެވެ.
މެޗުގެ ފުރަތަމަ ސެޓު އެފްއެޗްޓީއެސްއިން ކާމިޔާބުކުރީ 25-19އިންނެެވެ. ނަމަވެސް ދެވަނަ ސެޓު ސީއެފްއެސްއިންވަނީ 25-21އިން ކާމިޔާބު ކޮށްފައެވެ. އަދި ތިންވަނަ ސެޓު 25-19އިން އެ ޓީމުން ކާމިޔާބު ކުރި އިރު މޮޅުވި ސެޓު ކާމިޔާބު ކުރީ 25-23އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއެފްއެސްގެ ޖޯޒީ ނަންބަރު 07، ހުސައިން އަރީީފެވެ. އޭނާވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައި ސީއެފްއެސް ފައިނަލަށް ގެންދިއުމުގައި ބޮޑު ދައުރެއް އަދާކޮށްފައެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލު މެޗު އޮންނާނީ މާދަމާ ރޭއެވެ. އެ މެޗުގައި ވާދަކުރާނީ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް)އާއި ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް)އިންނެވެ.
އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.
މި އަހަރު މި ބޭއްވޭ އަށް ވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.
މިއަހަރު އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.