ޗައިނާގައި ކޮވިޑު އިތުރުވާން ފެށުމާއެކު ތެލުގެ އަގު ދަށަށް

އެމެރިކާއިން ތެޔޮ ނަގާތަނެއް--

ޗައިނާގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާއެކު، އެ ގައުމުގައި ތެލަށް އޮތް ޑިމާންޑު ދަށްވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓިއްޖެއެވެ.

އިއްޔެ ބާޒާރުތައް ބަންދުކުރި އިރު ތެލުގެ އަގު ދެނެގަންނަ މުހިއްމު މިންގަނޑުތަކުން ވަނީ ބޮޑު ވެއްޓުމެއް ދައްކާފައެވެ.

އެގޮތުން، ޑަބްލިއުޓީއައިގެ އަގު 103 ޑޮލަރުން 97 ޑޮލަރަށް ވެއްޓުނު އިރު، ބްރެންޓުގެ އަގު ވަނީ 110 ޑޮލަރުން 101 ޑޮލަރަށް ވެއްޓިފައެވެ.

ޗައިނާގެ ކޮވިޑު ހާލަތުގެ އިތުރުން، ތެލުގެ ވެއްޓުމަށް މަގުފަހިވި އިތުރު ސަބަބުތަކެއް ވެސް ހުރި ކަމަށް ބާޒާރު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެއެވެ.

އޭގެ ތެރެއިން އެއް ސަބަބަކީ ރަޝިޔާއާއި ޔޫކްރޭނާ ދެމެދު ހަމަލާތައް ބަދަލުކުރުން ހުއްޓިދާނެ ކަމުގެ އުންމީދު އާ ވުމެވެ. މި ފަހަރު ތެލުގެ އަގު މައްޗަށް ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެ ހަނގުރާމަ ފެށުމެވެ.

މީގެ އިތުރުން ތެލުގެ އެންމެ ބޮޑު އެއް ސަޕްލަޔަރު ކަމުގައިވާ ޔޫއޭއީން ތެޔޮ އުފައްދާ މިންވަރު އިތުރު ކުރަން ނިންމުން ވެސް މި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

comment ކޮމެންޓް