އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕް ނިންމާލައިފި

އެސޯސިއޭޝަން ކަޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ / ކެރަމް އެސޯސިއޭޝަން

ކެރަމް އެސޯސިއޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ 10 ވަނަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕް ނިންމާލައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 10 އިން 14 ގެ ނިޔަލަށެވެ.

މުބާރާތުގައި ކުޅެފައިވަނީ އޯޕަން ސިންގަލްސް، އޯޕަން ޑަބަލްސް، އަންހެން ސިންގަލްސް އަދި ފިރިހެން ސިންގަލްސްއެވެ.

އޯޕަން ސިންގަލްސްގެ އެއް ވަނަ ހޯދާފައިވަނީ މުޙައްމަދު މުންތަސިރުއެވެ. ދެވަނަ ޝާފީ މުޙައްމަދު ހޯދިއިރު، ތިން ވަނަ ހޯދާފައިވަނީ އިސްމާޢީލް އަޒްމީންއެވެ.

އޯޕަން ޑަބަލްސް ބައިގެ އެއް ވަނަ ހޯދާފައިވަނީ އިބްރާހީމް ހުޖާން އާއި ޢަލީ ނަދީމްގެ ޕެއާއެވެ. ދެވަނަ ހޯދާފައިވަނީ ހުސެއިން އަލީ އާއި އައިޝަތު ފައިނާޒްގެ ޕެއާއެވެ. އަދި ތިން ވަނަ ހޯދާފައިވަނީ އަލީ ނިޔާޒާއި މުޙައްމަދު މުންތަސިރުގެ ޕެއާއެވެ.

މުބާރާތުގެ އަންހެން ސިންގަލްސް ބައިގެ އެއް ވަނަ ހޯދާފައިވަނީ އާމިނަތު ވިދާދުއެވެ. ދެ ވަނަ އައިޝަތު ފައިނާޒް ހޯދިއިރު، ތިން ވަނަ ހޯދާފައިވަނީ ފާތިމަތު ރަޔަން އެވެ.

ފިރިހެން ސިންގަލްސް ބައިގެ އެއް ވަނަ ހޯދާފައިވަނީ އާދަމް ޖަލީލުއެވެ. ދެ ވަނަ އިބްރާހީމް ހުޖާން ހޯދިއިރު، ތިން ވަނަ ހޯދާފައިވަނީ އިސްމާޢީލް އަޒްމީންއެވެ.

ކެރަން އެސޯސިއޭޝަނުން މި އަހަރު ބާއްވާ އެހެނިހެން މުބާރާތްތަކުގެ ތެރޭގައި އިންޓަ ސްކޫލް މުބާރާތާއި، ރަމަޟާން މަހު ބާއްވާ މުބާރާތާއި، އިންޓަ އޮފީސް މުބާރާތާއި، ގައުމީ މުބާރާތާއި، މިކްސްޑް ޓީމް ކެރަމް ޗެމްޕިއަންޝިޕާއި، އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގެ އިތުރުން ވެޓަރަންސް ކަޕް ހިމެނެއެވެ.

މީގެ ތެރެއިން އިންޓަ ސްކޫލް މުބާރާތް ކޮވިޑްގެ ސަބަބުން މިހާރު ތާވަލްކޮށްފައި އޮތް ތާރީހުގައި ނުބޭއްވުނު ނަމަވެސް، މުބާރާތް ބާއްވާނެ ކަމަށާއި އަދި ބާއްވާނެ ފަހުގެ ތާރީހެއް އަންގާނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

މީގެ އިތުރުން މި އަހަރު އޮންނަ ކެރަމްގެ ޓެސްޓް ސީރީސް އާއި ވޯލްޑް ޗެމްޕިއަންޝިޕް އިންޓަނޭޝަނަލް މުބާރާތުގައި ވެސް ރާއްޖެ އިން ބައިވެރިވާނެއެވެ.

comment ކޮމެންޓް