ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރުތަމަ ކުއާޓާގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓް އެ ކުންފުނިން ހޮވައިފިއެވެ.
އެގޮތުން ހޮވުނު ފަސް ޕްރޮޖެކްޓަކީ:
ށ. މާއުނގޫދޫގައި ސޯލާ މަގުބައްތި ހަރުކުރުން
ނ. ލަންދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކުރުން
ތ. ކިނބިދޫގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުން
ށ. ބިލެތްފަހީގައި ލައިބްރަރީ ތަރައްގީކުރުން
ކ. ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކުރުން
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. އެފަންޑުގެ ދަށުން މިހާތަނަށް ވަނީ މުޖުތަމައަށް ފައިދާކުރާ 65 ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.