އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޖަލުތަކުގައި ކަނޑައަޅާފައިވާ އުސޫލުތައް އުވައިލައިފި

މާފުށީ ޖަލު --- ސަން ފައިލް ފޮޓޯ

މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެން ފެށި ކޮވިޑާ ގުޅުވައިގެން މޯލްޑިވްސް ކަރެކްޝަން ސާވިސްގެ ޖަލު ތަކުގައި އެޗްޕީއޭގެ ގައިޑް ލައިންތަކާ އެއްގޮތަށް ކަނޑައަޅާފައިވާ އުސޫލުތައް އުވައިލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ކޮވިޑާ ގުޅިގެން އިޢުލާން ކުރަމުން އައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ހެލްތް މިނިސްޓްރީން އުވައިލުމުން އެޗްޕީއޭގެ ގައިޑް ލައިންތަކާ އެއްގޮތަށް އެ އިދާރާއިން ކަނޑައަޅާފައިވާ އުސޫލުތައް އުވައިލާފައިވާ ކަމަށެވެ.

"މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލު ތަކުގައި މިއަދުން ފަށައިގެން އަމަލު ކުރަމުން އަންނާނީ ކޮވިޑުގެ ކުރީން އޮތް ޢާއްމު އުސޫލުތަކާ އެއްގޮތަށް،" އެ ބަޔާނުގައި ވެއެވެ.

ޢާއްމު އުސޫލުތަކާ އެއްގޮތަށް ޖަލު ތަކުގައި އަމަލު ކުރަން ފެށި ނަމަވެސް ޤައިދީންނާއި ބަންދު މީހުންނާއެކު ބާއްވާ ބައްދަލުވުން ތަކަށް އަންނަ ޢާއިލާ މެންބަރުންނާއި ވަކީލުން ހާޒިރުވާއިރު ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ކަރެކްޝަނުން ބުނީ ޤައިދީންނާއި ބަންދު މީހުންނާ ބައްދަލު ކުރަން ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ހުމާއި ރޯގާގެ އަލާމާތެއް ހުރިތޯ ޤަވާއިދުން ޗެކް ކުރާނެ ކަމަށެވެ.

comment ކޮމެންޓް