ފުޑް އެންޑް ބެވަރޭޖް ޝޯގެ ޕާޓްނަރަކަށް ދިރާގު

ފުޑް އެންޑް ބެވަރޭޖް ޝޯގެ ޕާޓްނަރަކަށް ދިރާގު ހަމަޖެއްސުމުގެ ތެރެއިން --- ފޮޓޯ/ދިރާގު

ހައިރައިޒް އިން އިންތިޒާމުކޮށްގެން ބާއްވާ ފުޑް އެންޑް ބެވަރޭޖް ޝޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މިއަހަރުގެ ޖޫން މަހުގެ ދެއަކުން ހަތަރަކަށް ކުރިއަށްދާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ހައިރައިޒުން ބުނީ މިފަހަރުގެ ޝޯގައި ވެސް ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ. އެގޮތުން، ރިސޯޓު، ހޮޓާ، ގެސްޓްހައުސްތަކާއި ސަފާރީތަކުގެ އިތުރުން، ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ބައިވެރިވާ އެކި ފަރާތްތަކުން ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ ކުރިން މި ޝޯގެ ހަތަރު އެޑިޝަނެއް ވަނީ ބާއްވާފަައެވެ. މިއީ އަހަރަކު އެއްފަހަރު ބާއްވަމުން އައި ޝޯއެކެވެ. ނަމަވެސް، ކޮވިޑުގެ ހާލަތާ ގުޅިގެން، ފާއިތުވި ދެ އަހަރު، އެ ޝޯ ބޭއްވޭ ގޮތް ވަނީ ނުވެފައެވެ.

ދިރާގާ އެކު މި އިވެންޓުގެ ޕާޓްނަރެއްގެ ގޮތުގައި އެޗްޑީސީ އިންވެސް ހަރަކާތްތެރިވާނެއެވެ. އަދި، ކޯ ސްޕޮންސަރުންގެ ގޮތުގައި ވިލާ ޓްރޭޑިންއާއި، މޯލްޑިވް ގޭސް ވެސް ވަނީ ސޮއިކޮށްފައެވެ.

comment ކޮމެންޓް