ސީދާ ދެ ސެޓުން އެސްއެން ބަލިކޮށް، ޗެމްޕިއަން ސީއެފްއެސް ފެށުން ރަނގަޅުކޮށްފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން
(އެމްއެންޔޫއެސްޔޫ)ގެ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ސްކޫލް އޮފް ނާސިން (އެސްއެން)ގެ މައްޗަށް ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް)އިން ކުރިހޯދައިފިއެވެ.

މިދިޔަ ދެ އަހަރު ވެސް މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނުންނަކީ ސީއެފްއެސްއެވެ.

ސީއެފްއެސްއިން މިރޭގެ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުން އެސްއެންގެ މައްޗަށް ކުރިހޯދައިގެންނެވެ. ފުލުފުލުގައި ސީއެފްއެސްއިން ޕޮއިންޓުތައް ހޯދީ އިތުބާރާއެކުގައެވެ.

މެޗުގެ ފުރަތަމަ ސެޓު ސީއެފްއެސްއިން ކާމިޔާބުކުރީ 25-15ގެ ނަތީިޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓު ވެސް އެ ޓީމުން ކާމިޔާބު ކުރީ 25-15އިންނެވެ.

މި މުބާރާތުގެ ކުޅުން މާދަމާ ވެސް އޮންނާނެއެވެ. މާދަމާ ރޭ ހަތެއް ޖަހާއިރު ސްކޫލް އޮފް މެޑިސިން (އެސްއެމް)އާއި ސްކޫލް އޮފް ނާސިން (އެސްއެން) ވާދަކުރާނެއެވެ. އަދި 8:30ގައި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް)އިން ވާދަކުރާނެއެވެ.

އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

މި އަހަރު މި ބޭއްވޭ އަށްވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މިއަހަރު އެމްއެންޔޫއެސްޔޫ އިންޓފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.

comment ކޮމެންޓް