ވިޓަމިން ސީ އާއި ޕްރޮޓީންސް އިން މުއްސަނދި ވެފައިވާ ބްރޮކޮލީ އަކީ ސިއްހީ ގޮތުން ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ތަރުކާރީއެކެވެ.
ބްރޮކޮލީގައި 90 ޕަސެންޓް ފެން އެކުލެވިގެންވާއިރު، ހަތް ޕަސެންޓް ކާބްސްއާއި ތިން ޕަސެންޓް ޕްރޮޓީންސް އެކުލެވިގެންވެއެވެ. އަދި ބޮރޮކޮލީގައި އެއްވެސް ވަރަކަށް ފެޓްސް އެކުލެވިގެން ނުވެއެވެ.
ނިއުޓްރީޝަން ރިސާޗް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން އާވިން ކައްކާފައި ހުންނަ ބްރޮކޮލީ އާންމުކޮށް ކާ ކަމުގައި ވަނީނަމަ ހިތުގެ ބަލިތަކުން ދުރުކޮށްދޭނެއެވެ. ސަބަބަކީ ބްރޮކޮލީ އަކީ ކޮލެސްޓްރޯލް ދަށްކޮޮށްދޭ ތަރުކާރީއަކަށް ވާތީއެވެ.
ބްރޮކޮލީ ފަދަ ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަކީ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއްކަން ދިރާސާތަކުން ވަނީ ދައްކާފައެވެ.
އެގޮތުން ބްރޮކޮލީ ބޭނުންކުރުމުން އުރަމަތީގެ ކެންސަރު، ރަހިމުގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ފުއްޕާމޭގެ ކެންސަރު، މޭގަނޑުގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އަދި ގުރުދާގެ ކެންސަރުން ދުރުހެލިކޮށްދެއެވެ.
މީގެ އިތުރުން، 2003 ވަނަ އަހަރާއި 2006 ވަނަ އަހަރު ހަދާފައިވާ ދިރާސާތަކަކުން ދައްކާގޮތުގައި އުމުރުން ދުވަސްވުމުން ލޮލަށް ޖެހޭ ބަލިތައް ކަމަށްވާ ކެޓަރެކްޓް އަދި މެކިޔުލާ ޑިޖެނެރޭޝަން ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބްރޮކޮލީ ކެއުމުގެ ސަބަބުން ކުޑަވެގެން ދެއެވެ.
ސަލްފާ އިން މުއްސަނދި ވެފައިވާ ބްރޮކޮލީ އަކީ ހަމުގެ ދުޅަހެޔޮކަމަށް އެހީތެރިވެދިނުމުގެ އިތުރުން އިންފެކްޝަނާ ދެކޮޅަށް ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ ތަރުކާރީއެކެވެ.