"ގުރުއާން ބާވައިލެއްވި މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ގިނައިން ގުރުއާން ކިޔަވާ ގުރުއާނަށް އަހުލުވެރިވާށެވެ."
***
"ނޭގޭ. އޭނައައީ މޫނު ފޮރުވައިގެން. ކަޅުކުލަގަދަ ބުމައެއް ހުރީމަ ބިރުގަތީ. ތުނބުޅިއެއްވެސް ހުރި. ޖިހާދީ ޖޯން ސްޓައިލަށް ހެދުން އަޅާފައި ހުރީ. އައި ވޯޒް ސްކެއާޑް...." ޚައިރާ ކުޑަކޮށް ހީލިއެވެ."ދޮންބެ ބުނަމެއްނު ބިރުނުގަންނާށޭ. އެއީ ލޫޒާސް އިންނޭ. އެމީހުންގެ ކުރިމަތީގައި ބަލިކަށިކަން ދައްކާނެކަމެއްނެތޭ. އެކަމަކު އެކަހަލަ މީހެއް ފިލްމަކުން ފެނިލިޔަސް ޕެނިކް އެޓޭކް ޓްރިގާ ކުރުވާ. ދެން ފޭސް ޓު ފޭސް ދިމާވީމަ ކިހާ ބިރުގަންނާނެ.. އިންސާނަކާއި ވެމްޕަޔަރެއްގެ ކުރިމަތިލުމެކޭ ވަކި ތަފާތެއް ނެތް. އޭނަގެ ލޯ ނުފެނުނުކަން ނަސީބު. މުސްލިމުން އެހާ ގޯހީ ކީއްވެތަ؟ އެހާ އިންޓިމިޑޭޓިން ލުކްއެއް ހުންނަނީ ކީއްވެ؟ ލައިކް ޑެވިލްސް......."
"ސަބަބަކީ މުސްލިމުންނަކީ ޑެވިލްސްގެ ދެވަނަ ނަން ކަމަށް ވީމަ.." އަސްލަން އަށް ކާރުގެ ހުންގާނަށް ބާރުކޮށްލެވުނެވެ.
"އޭނަގެ ބޭގަށް ކިހިނެއް ހަދާނީ؟ ފުލުހުންނަށް ގުޅަންވީތަ؟ ބޮމް ސްކްވޮޑަށް...." ޚައިރާ ފޯނުގައި އިނގިލި ހިންގައިލުމުން އަސްލަން އެއަތުގައި ހިފިއެވެ.
"ނޫން ޚައި. ހިޔެއްނުވޭ އެ ބޮމަކަށް ވާނެހެން. އެގޮތަށް ރެންޑަމްކޮށް ފްލާވާ ޝޮޕެއްގައި ބާއްވާފައި އެމީހުންނެއް ނުދާނެ. ކޮންމެހެން ކޮމްޕްލިމެންޓެއްނޫން އެކަމަކު ބައެއްފަހަރު ފުދޭވަރަކަށް ޕްރޮފެޝަނަލްކޮށް އެފަދަ ޓެރަރިސްޓް ހަމަލާދޭން މާސްޓަރމައިންޑުން ތިބެނީ އެމިހުންނަށް ދަސްކޮށްދީފައި. އެހެންނޫނަސް ފުލުހުން ސުވާލުކުރާނެ. ޚައި ރަގަޅަށް ތިހެދީ. ފުލުހުން އަނިޔާކޮށްގެންވެސް ބުނުވާނެ.."
"އައި ހޭޓް މުސްލިމްސް..." ޚައިރާ ޗޮކެއް ކަނޑައިލިއެވެ.
"ދީނުގެ ނަން ބޭނުންކޮށްގެން ވައިލެންޓް ކަންތައްތައްކޮށް މީހުންނަށް ގެއްލުންދީ ހަދަނީ. މާ ބޮލަށް ފަސޭހަ ދީނަކަށް ނޫޅެ ތިބިއްޔާ. މުޅިންވެސް ފެބްރިކޭޓެޑް ލައިސް.. އިސްލާމްދީން އަދި އެހެން ދީންތަކަށްވުރެ މާ ހަރުކަށި..."ދީނާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް އިލްމެއްނެތި އަސްލަން ބުނަމުން ދިޔައެވެ.
"ދުވަހަކު އެމީހުންނަށް މާފެއް ނުކުރާނަން........" ޚައިރާ ކިޔައިލިއެވެ.
އެލީސާ މަރުވުމަށްފަހު އަސްލަން ދީން ގަބޫލުކުރުން ހުއްޓިއެވެ. ކުރިން އޭނަގެ ބައްޕަ މާކް ކްރޯފޯޑްގެ ދީންކަމަށްވި އީސާއީ ދީނަށް އޭނަ ކޮންމެވެސް ވަރަކަށް އުޅުނެވެ. އާދީއްތަ ދުވަހު ފައްޅިއަށް ބައްޕައާއެކު ގޮސް އަޅުކަމުގައި ބައިވެރިވިޔަސް ފަހުން އޭނައަށް ދީނާއިމެދު ޝައްކުވެ ބައްޕައާއި ސުވާލުކުރަން ފެށުމުން އޭނަ ރުޅިގަދަވެ ހަރުކަށިކަމާއެކު ނަސޭހަތްތެރިވެދިނެވެ. އެކަމަކު އަސްލަންގެ ހިތުގައި ވި ސުވާލުތަކަށް ޖަވާބު ނުލިބި ހައްތާ ބޮޑަށް ޝައްކުގެ ކަނޑަކަށް ޣަރަގުވިއެވެ. ބައްޕަ ގެންގުޅޭ "އިންޖީލް" އިން ކިޔާ ކޮންމެ ސަފުހާއަކުން އޭނައަށް އެއީ އިންސާނަކު ލިޔެފައިވާ އެއްޗެއްކަން ގަބޫލުކުރެވި ދީނާއި ހިތުން ދެކޮޅުވެރިވިއެވެ. ނަމަވެސް ބައްޕަދެކެ ވާ ލޯތްބާއި އިހުތިރާމް އޭނަގެ ހިތުގެ ޝުއޫރުތައް ފޮރުވާފައި ވުމުގެ ސަބަބަކަށްވިއެވެ. އޭނަ ދީން ގަބޫލުނުކުރިޔަސް އެކަން ވަންހަނާ ކުރިއެވެ. ދެން ހުރީ މަންމަ ޒެފްރީނާއެވެ. މަންމައަކީ މުސްލިމް އާއިލާއެއްގެ ތެރެއަށް ބޮޑުވެފައި ހުރި މީހެއްނަމަވެސް މަންމަ ބައްޕައާއި ކައިވެނިކޮށްގެން އައުމަށްފަހު ހަމައެކަނި ނަމެއްގައި މުސްލިމެއްކަމެވެ. މަންމަވެސް ބައްޕަ ފަދައިން އީސާއީދީނުގެ ހުރިހާ އަޅުކަމެއްގައި ބައިވެރިވެ ކްރިސްމަސް ފާހަގަކޮށް ފައްޅިއަށްވެސް ދޭތެރެއަކުން ގޮސް ހަދައެވެ. އެހެން ގޮސް މަންމަވެސް ހީވާގޮތުން ހުރީ ބައްޕައަށްޓަކާ އެ ދީނަށް ވަދެގެންނެވެ. ދަރިންނަށްވެސް މަންމަ އުގަންނާދިނީ އީސާއީ ދީނެވެ.
***
މާކް ކްރޯފޯޑްގެ ގޭތެރޭގައި އާދައިގެ މަތިން ހެދުނުގެ ނާސްތާ ކުރެވެމުން ދިޔައެވެ. އަސްލަންއާއި ޚައިރާ ނާސްތާ ކުރަން އިންއިރު ޒެފްރީނާ ލުއިކޮށް މޭކަޕްކޮށްލައިގެން މިޑީ ހެދުމެއްލައިގެން ހުއްޓެވެ. މާކް ކްރޯފޯޑް ސޫޓްލައިގެން ހުރިއިރު އެ މޫނުމަތިން ސީރިޔަސްކަމުގެ ކުލަވަރު ފެނެއެވެ. ރަންކުލައިގެ އިސްތަށިގަނޑުގެ ކުލަ ފަނޑުވާން ފަށާފައިވީއިރު ލޮލުގެ ކަޅީގެ އަޅިކުލަވެސް ތަންކޮޅެއް ފޭދިފައިވާއިރު ހިމަ ނޭފަތަކާއި ތުނި ތުންފަތެކެވެ. ތަންކޮޅެއް ބުމައިގެ އިސްތަށިތައް ގިނައެވެ. އަސްލަން ކޮފީ މަގުގައި ހިފަހައްޓައިގެން އިނދެ ބައްޕައާއި އެކި ވާހަކަތަކުގައި އިނަސް ޚައިރާގެ ހިމޭންކަމާއިއެކު ކަމަކާއި ފިކުރުކުރާކަން އެކުއްޖާގެ މޫނުމަތިން ފައުޅުވެއެވެ.
"ޚައި. ބަލަ ދަރިފުޅު ކާ ތަށިތަކާއި އެއްޗެހިވެސް ވަކިކުރީތަ؟ ކީއްވެތަ؟ މަންމަމެންނަށްވެސް ފަކުރު ގަންނަން ފެށީ.........." ޒެފްރީނާ ނިކަން ޑްރެމެޓިކްކޮށް ލޯ ބޮޑުކޮށްލަމުން ގާތަށް ޖެހިލިއެވެ.
"އޯ. ކޮއްކޮ ބިރުން.............."އަސްލަންގެ ސަމާލުކަންވެސް ދަމައިގަތެވެ.
"ޚައި.......ބައްޕަމެން ސްޓްރޭންޖާސްއިންނަށް ވީތަ؟"
"ތިއިން އެއްވެސް ކަމެއް ވެގެނެއްނޫން. މި ރީތިކަމުން...އަދި މިއީ ޚައިގެ ފެވެރިޓް ކުލަ................ "ޚައިރާ އޭނަ އަލަށް ގަތް ތަށިސެޓުން ކޮފީ ބޯ މަގު ނަގައިގެން ކޮފީ އެޅިއެވެ.
"މިއަދު ފިހާރަ ހުޅުވާނަންތަ؟"
"ފަހަރެއްގައި. އަދިވެސް އެތާގައި އެ ޓެރަރިސްޓް ބޭއްވި ދަބަސް އޮންނާނެ. އޭނަ އެ ބަލާ އައިސްދާނެތީ ބިރުގަނޭ. އޭގައި ހުރީ ކޯންޗެއްކަމެއްވެސް އެނގޭނީ ކިހިނެއް؟ އެމީހުންގެ ނިޔަތާއި މަގުސަދު އަޅުގަނޑުމެންނަކަށް ވިސްނައިގަންނަން ފަސޭހައެއްވެސް ނުވާނެ. ފަހަރެއްގައި ބައިލޮޖިކަލް ވެޕަންއެއްވެސް ގެންގުޅެފާނެ...."ޚައިރާ ކޮފީތަށިން އެތިފޮދެއް ބޯލިއެވެ. އަދި ޕޭންކޭކު އަނގައިގާ ޖެހިއެވެ.
"ކޮންވައްތަރެއްގެ އޮމްލެޓެއްތަ؟" އަސްލަން ޚައިރާގެ ތަށިތެރޭގައި އޮތް އޮމްލެޓު ނެގިއެވެ. އަދި އެތިކޮޅެއް ކަނޑާލުމަށްފަހު އަލުން ތަށިތެރޭ ބޭއްވިއެވެ. އެކި ވާހަކަތަކުގައި ތިބެފައި ޚައިރާ އެންމެނަށްވުރެ ކުރިން ނުކުތުމުން އަސްލަން ޚައިރާގެ ތަށިތެރޭގައި އޮތް އޮމްލެޓް ނެގިއެވެ." އަޅުގަނޑު އަތްލީތީ ޚައި އެދިޔައީ މި އޮމްލެޓް ނުކައި. އައި ތިންކް ޝީ ހޭޒް އޯސީޑީ..............."
"އޯ ގޯޑް..." ޒެފްރީނާ އަނގަމަތީގައި އަތްއެޅިއެވެ.
"އެއީ އެހާ ބޮޑުކަމެއްނޫން. ކޮންމެވެސް ވަރަކަށް ނަފްސާނީ މައްސަލަތަކެއް އެބަހުރި އެކަމަކު ކުރީކޮޅު ޓްރީޓްކުރެވިއްޖެއްޔާ ރަގަޅުވާނެ. އަޅުގަނޑުގެ އެކުވެރިއެއް ހުރޭ. ހީޒް ރިއަލީ ގުޑް.........އެޕޮއިންޓްމެންޓެއް އެރޭންޖްކޮށްލެވިދާނެ.."
"ދަރިފުޅު ތިހެން ބުނީމަ ހިތަށް އަރައިފި. ފެންވަރަން ކިތަންމެ އިރެއްވާންދެން ޚައި ހުރެދާނެ. ރޫމް ސާފުކުރުމުގެ ހައްދެއްނެތް." ޒެފްރީނާ ކިޔައިލިއެވެ."ސީއައިޑީތަ ދަރިފުޅާ؟"
"ނޫނޭ މަމް. އޯސީޑީ"
"އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑާ....." މާކް ވެސް ކޮފީ ޖޯޑު ހުސްކޮށްފައި ތެދުވުނެވެ."އަސްލަން އެބުނީ ރަގަޅަށް. ކޮންމެ ކަމެއްވެސް ގޯސްވެ އަތުން ދޫނުވަނީސް ފިޔަވަޅު އަޅަންވާނެ. އަނެއްކޮޅުން ނިރުބަވެރިންނާއިމެދު ސަމާލުވާން ޖެހޭ. އަހަރެމެންގެ ނެއިބާގެ ގޭގައިވެސް އެކަހަލަ މީހެއް އެބައުޅޭ. ރެންޓަށް އެގެ ނަގައިގެން އައި ޒުވާނެއް. އޭނަ ހެދުން އަޅައިގެން ހުރީ ތި ސިފަކޮށްދިން ގޮތަށް. އަނެއްކާ ދަރިފުޅުމެން ތި ބުނަނީ އޭނަގެ ވާހަކަތަ؟"
ޒެފްރީނާގެ އަނގައިން ނުކުތީ ސިހުމާއި ބިރުގަތުމުން އީސާއީން ކިޔާ އުޅޭ އެއްޗެކެވެ.
"ނޯ ވޮރީސް ޑާލިން. އޭނަ އެތަނުގައި މާ ގިނަ ދުވަހަކު ނުހުރެވޭނެ................"މާކް ނިކުމެގެން ދަމުން ޒެފްރީނާގެ ކޯތާފަތަށް ބޮސްދިނެވެ. މާކްގެ ނުފޫޒުގަދަކަމާއި ބާރުން އޭނަ ބޭނުންވާ ފަދައިން ކޮންމެ ކަމެއް ނިންމޭނެކަމުގެ ޔަގީންކަން ޒެފްރީނާއަށްވެސް އޮތެވެ.
***
ޚައިރާ ކޮޓަރީގެ ކުޑަދޮރު ހުޅުވައިލިއިރު ކޮންމެވެސް ވަރަކަށް ސްނޯ ވެހެމުންދާތަން ފެނުނެވެ. ފަޒާގެ ތެރޭ ނަށަމުންދާ ހުދު ހުދު ކަފަކޮޅުތަކެއް ފަދައިން ލުއި ސްނޯކޮޅުތައް ހިކިފައިވާ ގަސްތަކާއި ވިނަތައް އަދި ފުރާޅުތައް މަތީ ހަރުލަމުން ދިޔައީ އެއްވެސް އަޑެއްބަޑެއް ނީއްވައެވެ. ޚައިރާގެ ލޮލުގައި އަޅައިގަތީ ޖެހިގެން ހުރި ގޭގެ މަތީބައިގެ ކޮޓަރީގެ ކުޑަދޮރަކުން ފެނުނު ހަރަކާތެކެވެ. ހީވި ހީވުމެއްބާވައެވެ. ލޯ ބޮޑުކޮށްގެން ހުރެ އެތައް އިރެއްވާންދެން ކުޑަދޮރުން ނަޒަރު ނައްޓާނުލާ ހުއްޓަސް އިތުރު ކަމެއް ނުފެނުމުން ސިކުނޑި ދައްކައިލި ދަޅައެއްކަމުގައި ނިންމިއެވެ.
***
މަގުގެ ދެފަރާތާއި އެކި ދިމާލުން ކޮންމެވެސް ވަރަކަށް ވިރަމުން ދިޔަ ސްނޯ ފެންނައިރު ފަޒާގެ ފިނިކަން ކުރީ ދުވަހަށްވުރެ މާ ގަދައެވެ. އިރުގެ އަލި ސްނޯއަށް އެޅުމުން ހުދު ޖަވާހިރެއް ދަޅަ އަޅާފަދައެވެ. އެކަމަކު ފިނިގަދަކަމުން ދުރުދުރަށްދާންދެން ދުންފިނީގެ ތެރެއަށް މަންޒަރުތައް ގެއްލިފައެވެ. ސިއާރާ ކާރު ދުއްވަމުން ދިޔައިރު އޭނަ މޫނު އަޅައިގެން ހުރި ފޮތިކޮޅު ނަގާ ކަޅު އަބާޔާވެސް ގަޔާއި ވަކިކޮށްލިއެވެ. އިސްތަށިގަނޑުގައި ތޮތްޕެއް އަޅައިލުމަށްފަހު ބޭރުން ކްރީމް ކުލައިގެ ކޯޓެއްލައިގެން ކުޑަކޮށް މޭކަޕްކޮށްލައިފިއެވެ. އަދި ސީޓުމަތީގައި ހުރި ހެދުންތައް ބެކްޕެކަށްލުމުން އެއްކޮށް އޭނަގެ ތަސައްވަރު ބަދަލުވިއެވެ.
ކާރު ޕާކްކޮށްލާފައި ސިއާރާ ކާރުން ފައިބަމުން ބެކްޕެކް ބުރަކަށީގައި އަޅުވައިލިއެވެ. އޭރުވެސް އޭނަ ކަންފަތުގައި ހެޑްސެޓް އަޅައިގެން ހުރެ ކޮންމެވެސް އެއްޗެއް އަހަމުން ދިޔަ އެވެ. އެ އަޑު އަހަމުންދަނީ އޭނަ ގަޔާވާ އެއްޗެެއްކަން އެނގެނީ ހީލިގޮތަކުންނެވެ.
ނުނިމޭ