ޗެލްސީގެ އޯނަރު އަބްރަމޮވިޗް ޔޫކޭގައި ދިރިއުޅުން މަނާކޮށްފި

ޗެލްސީގެ އޯނަރު ރޯމަން އަބްރަމޮވިޗް

އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައި ޗެލްސީގެ އޯނަރު ރޯމަން އަބްރަމޮވިޗް އިނގިރޭސި ވިލާތުގައި ދިރިއުޅުން މަނާކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އަބްރަމޮވިޗް އަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ރަޝިޔާގެ ރައީސް ވްލަޑިމީރު ޕޫޓިންގެ ވަރަށް އަރިސް ބޭފުޅެކެވެ.

ރަޝިޔާ އިން ޔޫކުރެއިންގެ އެކި ހިސާބުތަކަށް ހަމަލާދެމުންދާއިރު، ޔޫކްރެއިންއާ އެއްކޮށް ތިބި ގައުމުތަކުން ދަނީ ރަޝިޔާގެ ސިޔާސީ ލީޑަރުންނާއި، އެ ގައުމަށް ވާގިވެރިވާ ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުންނެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ބިލިއަނަރުންގެ ލިސްޓުގައި އަބްރަމޮވިޗް ހިމެނޭއިރު، އޭނާ ވަނީ 2003 ވަނަ އަހަރު ޗެލްސީ ފުޓްބޯޅަ ކްލަބު ގަނެފައެވެ. އަދި އެއަށްފަހު އެ ޓީމުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ޗެލްސީއަކީ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އަދި އެ ކުލަބުން ވަނީ ދާދި ފަހުން ފީފާ ކުލަބް ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

އަބްރަމޮވިޗް ވަނީ އިނގިރޭސިވިލާތުގެ ވިސާ ނުލިބުމުން އިސްރާއީލުގެ ވަޒަންވެރިކަން ހޯދާފައެވެ. އަދި އިނގިރޭސިވިލާތުގައި ދިރިއުޅެފައެވެ. ކޮންމެ ހަ މަހަކުން އިސްރާއީލުގެ ޕާސްޕޯޓުގެ ދަށުން ވިސާ އައުކޮށް އެގައުމުގައި ގިނަ ދުވަސްތަކެއް އޭނާ އައީ ހޭދަކުރަމުންނެވެ. އޭނާގެ ނަމުގައި 200 މިލިއަން ޕައުންޑުގެ އަގުހުރި ގެތައް އަދިވެސް އިނގިރޭސިވިލާތުގައި އެބަހުއްޓެވެ.

އިނގިރޭސި ވިލާތުން އޭނާ އެ ގައުމަށް އެރުން މަނާކޮށްފައިވާއިރު، ރަޝިޔާ އިން މިހާރު ވެސް ގެންދަނީ ޔޫކްރެއިންއަށް މިސައިލް ހަމަލާތައް ދީ އެ ގައުމުގެ އެތައް ރައްޔިތުންނެއް މަރަމުންނެވެ.

comment ކޮމެންޓް