ބަރޯގެ ލަވް މެޝަޕް ހަތަރެއް: ލޯބިވެރިންނަށް ދޭ ހަދިޔާއެއް!

ޝަމްވީލްގެ ލަވް މެޝްއަޕް ހަތަރެއް ރިލީޒް ކުރީ މިއަދު --

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ލަވަކިޔުންތެރިޔާ ޝަމްވީލް މުހައްމަދު (ބަރޯ)އޭނާގެ ލަވް މެޝަޕް ހަތަރެއް ރިލީޒްކޮށްފިއެވެ.

ބަރޯ މީގެ ކުރިން ވަނީ ތިން ލަވް މެޝަޕް ބެލުންތެރިންނާ ހަމައަށް ދޫކޮށްލައިފައެވެ. އޭގެ ތެރެއިން ލަވް މެޝަޕް ތިނެއް ރިލީޒް ކުރީ މިދިޔަ އަހަރުގެ ފެބްރުވަރީ 14ގައެވެ.

ބަރޯ މި ފަހަރު ނެރުނު ލަވްމެޝަޕް ހަތަރެއްގައި ޖުމުލަ ހަ ލަވަ ހިމެނެއެވެ. އެ ލަވަތަކަކީ މިޔޭ ނަސީބުހޭ، ވިންދު ޖަހާތީ، ކިހިނެއްހޭ ޔާރު، އެ ހޯދި އުފާތަކާ އަދި ހޯދަމަ ހޯދާއެވެ.

އެ ލަވަތަކުގެ ތެރެއިން "ކިހިނެއްހޭ ޔާރު"އަކީ ރިޓްޒްލިރިކްސްއިން ލިޔެފައިވާ މުޅިން އައު ލަވައެކެވެ. މި މެޝްއަޕްގެ މިއުޒިކް ހަދައިފައިވަނީ ހުސައިން ތައުފީގެވެ. އަދި އާޓްވޯކް ހަދައިފައިވަނީ ޒަރިއޯއެވެ.

ބަރޯގެ މި ފަހަރުގެ ލަވް މެޝަޕް ސްޕޮންސާ ކޮށްފްފައިވަނީ "ސްމޫކާ"އިންނެވެ. އަދި މި މެޝްއަޕް ޑައިރެކްޓް ކޮށްފައިވަނީ އެމްޖޭއެންއިންނެވެ. އަދި މެޝްއަޕްގެ ސިނަމެޓޮގްރެފީ ހަދައިފައިވަނީ މާސްކޭ ޝިވާޒްއެވެ. ލަވަ އެޑިޓް ކޮށްފައިވަނީ ފައިސަލްއެވެ.

ބަރޯގެ މި ފަހަރުގެ މެޝަޕަށް ގިނަ ބައެއްގެ ތައުރީފްވަނީ ލިބިފައެވެ. ބަރޯ ބުނި ގޮތުގައި މިއީ ލޯބިވެރިންނަށް އޭނާގެ ފަރާތުން ދިން ހަދިޔާއެކެވެ.

"މި ލަވަ ތައްޔާރުކުރަން ގިނަ ބައެއްގެ އެހީތެރިކަން ލިބުނު. އެ ގޮތުން އިބްނާ، ރައު، ބޮކިޓޯސް، ޝަމާނާ، ޔާންޓެ، މާސްކޭ، ފައިސަލް، ގޯމޭ. ޑީސެ، ރިއްފަތު އަދި ކަޔާން ހެއާ ސްޓޫޑިއޯއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްލަން ބޭނުން،" ބަރޯ ބުންޏެވެ.

މި ލަވަ މިހާރު ސައުންޑުކްލައުޑާއި ޔޫޓިއުބުން އަޑު އަހާލެވޭނެއެވެ.

comment ކޮމެންޓް