އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ޕީސީއާރު ހަދާ އަގު ކުޑަކޮށްފި

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ޕީސީއާރު ހަދާ އަގު ކުޑަކޮށްފިއެވެ.

އައްޑޫގައި ކޮވިޑް-19 ޕީސީއާރު ޓެސްޓުކުރާ ހަމައެކަނި ތަނަކީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލެކެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ، ކުރިން 750 ރުފިޔާއަށް ހަދަމުން އައި ޕީސީއާރު ޓެސްޓުގެ އަގު މިހާރު 700 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ.

މި ބަދަލު ގެނައި ސަބަބެއް އެ ހޮސްޕިޓަލުން ހާމަކޮށްފައިނުވާއިރު، ވެރިރަށް މާލެއިން 400 ރުފިޔާއަށްވެސް ޕީސީއާރު ޓެސްޓެއް ހެދެއެވެ.

އައްޑޫގައި ކޮވިޑް-19 ޓެސްޓުކުރެވޭ އަގު ކުޑަކޮށްފައިވާއިރު، ރެޕިޑް އެންޓިޖެން ޓެސްޓުތައްވެސް އައްޑޫގެ ފިހާރަތަކުން ވިއްކަން ހުރެއެވެ.

ޕީސީއާރު ޓެސްޓުގެ ނަތީޖާ ރިޕޯޓް ބޭނުންވާނަމަ ފާއިސާ ދައްކަންޖެހޭއިރު، މެސެޖަކުން ނަތީޖާ ބޭނުންނަމަ، ހިލޭ ޓެސްޓުކުރެވެއެވެ.

comment ކޮމެންޓް