"ކިޑްނީ ޓްރާންސްޕްލާންޓެއް ނުހެދި މަރުވިޔަސް ކޮވިޑް ވެކްސިނެއް ނުޖަހާނަން"

އެމެރިކާގެ ވާޖީނިއާގެ ޓީޗަރެއް ކަމަށްވާ އުމުރުން 42 އަހަރުގެ ޝާމްގަރ ކޮނާސް---

ކިޑްނީ ޓްރާންސްޕްލާންޓެއް ނުހެދި، މަރުވިޔަސް ކޮވިޑު ވެކްސިން ނުޖަހާނެކަމަށް އެމެރިކާގެ ވާޖީނިއާގެ ޓީޗަރަކު ބުނެފި އެވެ.

އެމެރިކާގެ ވާޖީނިއާގެ ޓީޗަރެއް ކަމަށްވާ އުމުރުން 42 އަހަރުގެ ޝާމްގަރ ކޮނާސް އަކީ ސްޓޭޖް 5 ކިޑްނީ ފެއިލްވެފައި ހުރި މީހެކެވެ.

ދުވާލަކު 12 ގަޑިއިރު ޑަޔަލަސިސް ހަދަންޖެހޭ މި މީހާ ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަނުކޮށް ހުރުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓެއް ނުހެދޭނެކަމަށް އެ ގައުމުގެ ޑޮކްޓަރުން ވަނީ ބުނެފައެވެ.

ނަމަވެސް ކިޑްނީ ޓްރާންސްޕްލާންޓެއް ނުހެދި މަރުވިޔަސް ވެކްސިން ނުޖަހާނެކަމަށް އޭނާ ވަނީ ބުނެފައެވެ.

"ކިޑްނީ ފެއިލްވެގެން މަރުވިޔަސް ވެކްސިން ނުޖަހާނަން" އޭނަގެ ޑޮކްޓަރަށް ގުޅައިގެން އޭނާ ބުންޏެވެ.

ގުނަވަންތަކުގެ ޓްރާންސްޕްލާންޓު ހަދާ މީހާއަކީ ޓްރާންސްޕްލާންޓަށް ފަހު ސަލާމަތްވުމުގެ ފުރުސަތު ބޮޑު މީހަކަށް ވާންޖެހެއެވެ. ނަމަވެސް ވެކްސިން ފުރިހަމަނުކުރާ މީހަކު ކޮވިޑުގައި މަރުވުމުގެ ފުރުސަތު ބޮޑުވާތީ ޑޮކްޓަރުން ވަނީ ޓްރާންސްޕްލާންޓު ހެދުމާ ދެކޮޅު ހަދާފައެވެ.

މީގެ 4 ވަރަކަށް ދުވަސްކުރިން އެމެރިކާގެ އެހެން މީހަކަށްވެސް ހިތުގެ ޓްރާންސްޕްލާންޓެއް ނުހެދުނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައި ނެތުމުންނެވެ. އޭނާގެ ދަރިފުޅުވެސް ވަނީ އޭނަގެ ބައްޕައަށް ވެކްސިން ޖެހުމާ ދެކޮޅު ހަދާފައެވެ.

comment ކޮމެންޓް