ހޮންޑޫރާސްއަށް ފުރަތަމަ ފަހަރަށް އަންހެން ރައީސެއް

ހޮންޑިއުރާސްގެ ފުރަތަމަ އަންހެން ރައީސް ޒިއޮމަރާ ކާސްޓްރޯ

ސެންޓްރަލް އެމެރިކާގެ ގައުމެއްކަމަށްވާ ހޮންޑޫރާސްގެ ފުރަތަމަ އަންހެން ރައީސް މަގާމުގެ ހުވާ ކުރައްވައިފިއެވެ.

ހޮންޑޫރާސްގެ ވެރިރަށުގެ ސްޓޭޑިއަމެއްގައި ބޭއްވި މި ރަސްމިއްޔާތުގައި އެ ގައުމުގެ ފުރަތަމަ އަންހެން ރައީސް ޒިއޮމަރާ ކާސްޓްރޯ ވަނީ މަގާމާ ހަވާލުވެވަޑައިގެންފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެ ގައުމުގެ ރިޔާސީ އިންތިހާބު އުމުރުން 62 އަހަރުގެ ކާސްޓްރޯ ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ.

މަގާމުގެ ހުވާކުރެއްވުމަށްފަހު ދެއްވި ތަގުރީރުގައި ކާސްޓްރޯ ވިދާޅުވީ، ހަމަހަމަކަމާއި އިންސާފު ގާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ކޮރަޕްޝަނާ ދެކޮޅަށް ނުކުތުމަށް ތައްޔާރު ކަމަށެވެ. އަދި އެ ގައުމުގައި އިތުރުވަމުންދާ ފަގީރުކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހޮންޑޫރާސް އަކީ ކޮރަޕްޝަނާއި، ހަމަނުޖެހުން ބޮޑު ގައުމެކެވެ. އެ ގައުމުގެ ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމު އަނދަވަޅަކަށް ވެއްޓިފައިވާއިރު، ވަޒީފާގެ ދަތިކަން އެ ގައުމުގެ ޒުވާނުންނަށް ވަނީ ކުރިމަތިވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު