މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ

މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ކަރަންޓް ކެޑި ބައެއް ހިދުމަތްތަކަށް ބުރު އަރައިފި އެވެ.

ކަރަންޓް ކަޑައިގެން ދިޔައީ މިއަދު މެންދުރު 1:30 އެހާކަށް ހާއިރު އެވެ.

ސްޓެލްކޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭގެ ބޮޑު ސަރަހައްދަކުން ގަޑިއެއްހާއިރަށް ކަރަންޓް ކެޑެން މެދުވެރިވީ ސްޓެލްކޯގެ މައި ތިން ޖަނަރޭޓަރަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ އެ ޖަނަރޭޓަރުތަށް ފެއިލްވެގެން ކަމަށެވެ.
"އަޅުގަނޑުން މިހާރުވެސް އަޕްގްރޭޑިންގެ މަސައްކަތް ކުރިއަށް އެބަގެންދަން. ލޯޑު ބޮޑުވެގެން ވީކަމެއް ކަމަށް ބެލެވެނީ،" އޮފިޝަލް ވިދާޅުވި އެވެ.

ސަރުކާރުގެ ރަސްމީ ވަގުތާއި ދިމާކޮށް މިއަދު ކަރަންޓް ކެޑުމުން ގިނަ އޮފީސްތަކެއްގެ މަސައްކަތްތައް އެވަގުތު މެދުކަޑާލަންޖެހުނެވެ.

މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުން ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެ ކުންފުނިން މިހާރުވެސް އަންނަނީ 8000 ކިލޯ ވޯޓުގެ ދެ ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު