ސްޓޭޓް މިނިސްޓަރުކަން އަބްދުﷲ އަށް ދެއްވައިފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން މަދަނީ އިއްތިހާދުގެ އަބްދުﷲ މުހަންމަދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ދެއްވައިފި އެވެ.

ރައީސްގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އަބްދުﷲ އަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވީ މިދިޔަ މަހުގެ 20ގައި ކަމަށެވެ.

އަރަބިއްޔާ ސްކޫލްގެ ދިވެހި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަބްދުﷲ އަކީ މަދަނީ ޖަމްއިއްޔާތައް ތަމްސީލްކުރާ މަދަނީ އިއްތިހާދުގައި އިސްކޮށް ހުންނަވައިގެން ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ.

މަދަނީ އިއްތިހާދުގެ ރައީސް މުހަންމަދުދީދީ އަށް ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ދެއްވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު