ތުރުކީގެ ހާރިޖީ ވަޒީރު ރާއްޖެ ވަޑައިގަންނަވަނީ

ތުރުކީގެ ހާރިޖީ ވަޒީރު މެވްލުތް ޗަވުޝޯލޫ --- ފޮޓޯ: ރޮއިޓާސް

ތުރުކީގެ ހާރިޖީ ވަޒީރު މެވްލުތް ޗަވުޝޯލޫ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އެނގިފައިވާ ގޮތުގައި އޭނާ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅު އޮންނާނެ ސީދާ ތާރީހެއް އަދި ނޭގެއެވެ.

މެވްލުތް ތުރުކީގެ ހާރިޖީ ވަޒީރުކަމާ ހަވާލުވެ ވަޑައިގަތީ 2015ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ވަނީ 2014ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން 2015ވަނަ އަހަރުގެ އޯގަސްޓުމަހާ ހަމައަށް އެ މަގާމު ފުރުއްވާފައެވެ.

ހާރިޖީ ވަޒީރުކަން ކުރެއްވުމުގެ އިތުރުން އޭނާ އަކީ ތުރުކީގެ ބަރުލަމާނުގައި އަންތަލްޔާ ޕްރޮވިންސް ތަމްސީލުކުރައްވާ މެންބަރެއް ވެސްމެއެވެ.

މެވްލުތް އަކީ ތުރުކީގައި މިހާރު ވެރިކަން ކުރަމުން އަންނަ އޭކޭ ޕާޓީގެ މުއައްސިސުންގެ ތެރޭގައި ހިމެނޭ މެންބަރެކެވެ.

ތުރުކީއަކީ ރާއްޖެއާ އެކި ގޮތްގޮތުން ގުޅުން ބަދަހިވަމުން އަންނަ ގައުމެކެވެ. މިގޮތުން ދިވެހީން ޗުއްޓީ ހޭދަކުރުމަށް ދާ މަގުބޫލު މަންޒިލަކަށް ތުރުކީ ވެފައިވާއިރު، ދެ ގައުމުގެ ދޭތެރޭގައި އުފެދޭ ވިޔަފާރީގެ ގުޅުންތައް ވެސް އަންނަނީ ގިނަ ވަމުންނެވެ.

comment ކޮމެންޓް