އެޑްވަޓޯރިއަލް: ޤައުމު ބިނާކުރަން މުދައްރިސަކަށް ވަމާތޯ؟

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ -- ފޮޓޯ/އެެމްއެންޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން (އެފް،އީ) އަކީ 1977 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި މުދައްރިސުން ތަމްރީނު ކުރަމުން ގެންދާ މަރުކަޒެކެވެ. މިއަދާ ހަމަޔަށް އައިއިރު މި މަރުކަޒުން ވަނީ ތަފާތު ފެންވަރުގެ އެކި ކޯސްތަކުން އެތަކެއް ހާސް ޤާބިލް ކުޅަދާނަ މުދައްރިސުން ނެރެދީފައެވެ.

އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ކުރިއަށް ދިޔުމަށް ޝައުގުހުރި ފަރާތްތަކަށް މި އަހަރުގެ ފުރަތަމަ ސެމިސްޓަރ ގައިވެސް، އެފް.އީ. ވަނީ ގިނަ ގުނަ ފުރުސަތުތަކެއް ފަހި ކޮށްދީފައެވެ. މާލޭގެ އިތުރުން ރާއްޖޭގެ 3 ސަރަހައްދުގައި ޤާއިމްވެފައިވާ، ޤައުމީ ޔުނިވަރސިޓީގެ ތިން ކެންޕަހުގައިވެސް މި ފެކަލްޓީގެ ކޯސްތައް ފުރިހަމަކުރެވޭނެއެވެ. އެގޮތުން ހއ. ކުޅުދުއްފުށީ، ، ގދ. ތިނަދޫ، ލ. ގަމުގައި މި ދާއިރާގެ ގިނަ ކޯސްތަކެއް ފުރިހަމަކުރުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

މުދައްރިސްކަމުގެ ދާއިރާއަށް ބޭނުންވާ ހުރިހާ ފެންވަރެއްގެ ކޯސްތައްވެސް ހިންގޭއިރު އެންމެ ތުއްތު ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް، ބެޗެލަރ އޮފް ޓީޗިންގ އާރލީ ޗައިލްހުޑް ކޯސް ޚާއްޞަ ކުރެވިފައިވާ އިރު، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ޚާއްޞަ ވާން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ބެޗެލަރ އޮފް ޓީޗިންގ ސްޕެޝަލް އެޑިޔުކޭޝަން ކޯސް ހިންގަމުން ގެންދެވެއެވެ. މީގެ އިތުރުން ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ އާއި، ބެޗެލަރ އޮފް ޓީޗިންގ ސެކްންޑްރީ ކޯހަކީވެސް މި ފެކަލްޓީއިން ހިންގާ ވަރަށް ޚާއްޞަ ދެ ކޯހެވެ. އަދި ހަމައެހެންމެ ވަކި ވަކި މާއްދާތައް ކިޔަވައިދޭން ޚާއްޞަ ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ފަހިވެފައިވެއެވެ. މި ގޮތުން ދިވެހިރާއްޖޭގެ ޤައުމީ މަންހަޖްގައި ހިމެނޭ ހުރިހާ މާއްދާތަކަށް ޓީޗަރުން ތަމްރީނު ކުރުމުގައި އެފް.އީ. އިން ފުރުސަތުތައް ހުޅުވާލެވިފައެވެ. މި ހުރިހާ ކޯސްތަކަކީވެސް ޑިގްރީ ފެންވަރަށް ހިންގޭ ކޯސްތަކަކަށް ވުމާއެކު، މިއިން ކޮންމެ ކޯހެއް ފުރިހަމަ ކުރި ކަމުގައި ވިޔަސް މުދައްރިސް ކަމުގެ ދާއިރާއިން ކުރިއަށް ދާން އެދޭ ދަރިވަރުންނަށް، ވަޒީފާގެ ފުރުސަތުތައް ވަރަށް ފަސޭހައިން ލިބިގެންދާނެއެވެ.

ބެޗެލާރސް ޑިގްރީގެ އިތުރުން މާސްޓަރސް ޑިގްރީގެ ތަފާތު ގިނަ ކޯސްތަކެއްވެސް މި ފެކަލްޓީއިން ހިންގަމުން ގެންދެއެވެ. ފއެފް.އީ. އިން ހިނގާ ކޯސްތަކަށް ބަލާއިރު އެންމެ ހެޔޮ އަގުތަކުގައި އެންމެ ރަގަނޅު ފެންވަރުގައި ފުރިހަމަ ކުރެވޭނެ ކޯސްތައްކަންވެސް ފާހަގަކުރެވެއެވެ. އަދި ހަމަ އެހެންމެ މި ފެކަލްޓީއަކީ، ޢިލްމާއި ތަޖުރިބާއަށް ބަލާއިރު ނުހަނު ޤާބިލް ގިނަ ދާރިސުންނާއެކު 37 އަހަރުގެ ދިގު މުއްދަތެއްގައި މެދު ނުކެނޑި މިފަދަ ކޯސްތައް ހިންގަމުންގެންދާ މަރުކަޒަށްވުމާއެކު މި ފެކަލްޓީއިން ކޯސް ފުރިހަމަކުރާ ދަރިވަރުންވާނީ، މި ދާއިރާއަށް އެންމެ އެކަށޭނަގޮތުގައި ޚިދުމަތް ދެވޭނެ ފަދަ ފެންވަރު ރަނގަޅު އެހާމެ ޤާބިލް މުދައްރިސުންނަށްކަން ޔަޤީނެވެ.

މި ކޯސްތަކަށް ކުރިމަތި ލުމުގެ މުއްދަތު މި ހިނގާ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލެވިފައެވެ. ކޯސްތަކާ ބެހޭ އިތުރު މަޢުލޫމާތު ގައުމީ ޔުނިވަރސިޓީގެ ވެބްސައިޓް https://mnu.edu.mv/ އިން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް