މޫލީގެ ޕޭޖު ފޮލޯކޮށްލައިގެން އެއާޕޮޑެއް ހޯދުމުގެ ފުރުސަތު

އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީގެ ޕޭޖު ޝެއާކޮށްލައިގެން އެއާޕޮޑަކާއި އުރީދޫގެ "މަގޭ ރާއްޖެ" ކަލަންޑަރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފޭސްބުކާއި އިންސްޓަގްރާމް މެދުވެރިކޮށް ބައިވެރިވެވޭ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް މޫލީގެ ޕޭޖު ފޮލޯކުރުމުގެ އިތުރުން އެ ޕޭޖުން މި ޕްރޮމޯޝަނަށް ހާއްސަކޮށްފައިވާ ޕޯސްޓަށް ލައިކުދީ، ތިން އެކުވެރިއަކު ޓެގުކޮށް ކޮމެންޓު ކުރަންޖެހެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މާދަމާގެ ނިޔަލަށެވެ.

އުރީދޫ މޫލީން ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ޕޯސްޓަރެއް

އުރީދޫއިން ބުނީ މި ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތަށް ލިބޭނީ ތާޑް ޖެން އެއާޕޮޑެއް ކަމަށެވެ. އަދި މިއާއެކު ލިބޭ "މަގޭ ރާއްޖެ" ކަލަންޑަރަކީ ތަފާތު ޝައުގުވެރި އެތައްކަމެއް އޭގައި ހިމެނޭ ކަލަންޑަރެކެވެ.

މޫލީއަކީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ގަނެވިއްކުމުގެ ޕްލެޓްފޯމެކެވެ. ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލްކޮށް ފުރިހަމަކުރެވޭ މި ޕްލެޓްފޯމުން ޕްރޮޑަކްޓަށް އޯޑަރުކޮށް، ފައިސާ ދެއްކެއެވެ. ގަންނަ މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޯރުކޮށްދެއެވެ.

މޫލީ ބޭނުންކުރާ ފަރާތްތަކުގެ މުއާމަލާތްތަކުން ދަސްކޮށް، އެންމެ ގުޅޭ ކޮންޓެންޓް ހޯދުމަށް އެހީތެރިވެ، އޮންލައިން ވިޔަފާރީގެ ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް