އަލަށް ފެނުނު ބޮކަކަށް ގްރެޓާ ތުންބާގްގެ ނަމުން ނަންދީފި

"ޕްރިސްޓިމެންޓިސް ގްރެޓާތަންބާގާ"

އަލަށް ފެނުނު ބޮކުގެ ވައްތަރަކަށް ތިމާވެށީގެ މަޝްހޫރު އެކްޓިވިސްޓް ގްރެޓާ ތުންބާގްގެ ނަމުން ނަންދީފިއެވެ.

ޕެނެމާއިން ފެނުނު ބޮކުގެ މި އައު ވައްތަރަށް ދީފައިވާ ނަމަކީ "ޕްރިސްޓިމެންޓިސް ގްރެޓާތުންބާގާ" އެވެ.

ޕެނެމާގެ ރެއިންފޮރެސްޓް ސަރަހައްދުން ފެނިފައިވާ މި ބޮކުގެ ވައްތަރަށް ގްރެޓާގެ ނަމުން ނަންދީފައިވާއިރު، އެހެނިހެން ޖަނަވާރުންނަށްވެސް މަޝްހޫރު ތަރިންގެ ނަމުން ނަންދީފައި ވެއެވެ.

އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބިޔޯންސޭ، އަދި ޕްރިންސް ޗާލްސްގެ ނަމުންވެސް ބައެއް ޖަނަވާރުންނަށް ނަންދީފައި ވެއެވެ.

ޕެނެމާގެ ރެއިންފޮރެސްޓުން ފެނުނު މި ބޮކާ ބެހޭގޮތުން ދިރާސާތައް ކުރަމުން އަންނައިރު، ފަސް މިލިއަނަށްވުރެ ގިނަ ވައްތަރުތަކުގެ ޖަނަވާރު އަދިވެސް ސައިންޓިސްޓުންނަށް ނުހޯދެއެވެ.

ގްރެޓާ ތުންބާގަކީ ތިމާވެށީގެ މަޝްހޫރު އެކްޓިވިސްޓެކެވެ. ސްވީޑެންއަށް އުފަން ގްރެޓާއަކީ އުމުރުން އެންމެ 19 އަހަރުގެ ޒުވާނެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު