އެމަޖެންސީ މަރާމާތަކާ ގުޅިގެން ދަރުބާރުގެ ސަރަހައްދުން ފެން ކެނޑެނީ

ދަރުބާރުގެ ސަރަހައްދު -- ސަން ފައިލް ފޮޓޯ

އެމަޖެންސީ މަރާމާތަކާ ގުޅިގެން ދަރުބާރުގެ ސަރަހައްދުން ފެން ކެނޑިދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

މާލޭ ވޯޓާ ނެޓްވޯކްގެ އެމަޖެންސީ މަސައްކަތެއް މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް އެއީ ކޮން މަސައްކަތެއް ކަމެއް އެމްޑަބްލިޔުއެސްސީއަކުން ނުބުނެއެވެ.

އެހެންކަމުން އަމީނީމަގުގެ ދަރުބާރުގެ ހުރި ސަރަހައްދުގައި ހިމެނޭ ބައެއް ގޭބިސީތަކުން ފެނުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ނަމަވެސް ވީހާވެސް އަވަހަކަށް ފެނުގެ ހިދުމަތް އަލުން ފޯރުކޮށްދޭން މަސައްކަތް ކުރަމުން ދާކަމަށް އެ ކުންފުނިން ބުންޏެވެ.

ފެން ކެނޑުމުގެ ސަބަބުން އާއްމުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.

comment ކޮމެންޓް