ފިލިޕިންސްގެ ބަހަކަށް ދިން ބޮމުގެ ހަމަލާއެއްގައި ކުޑަކުއްޖަކު މަރުވެއްޖެ

ފިލިޕިންސްގެ މަންޒަރެއް؛ ފޮޓޯ މަސްދަރު - އަލްސިއާސީ ނިއުސް

ދެކުނު ފިލިޕިންސްގެ ބަހަކަށް ދިން ބޮމުގެ ހަމަލާއެއްގައި ކުޑަކުއްޖަކު މަރުވެއްޖެއެވެ.

ފިލިޕިންސްގެ ފުލުހުން ބުނެފައިވާ ގޮތުގައި އިއްޔެ ދިން މި ހަމަލާގައި ހަ މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަދި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ވަނީ މަރުވެފައެވެ.

ބޮމުގެ މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ރަށެއްކަމަށްވާ މިންޑަނައޮގައެވެ. އެ ރަށުގެ ސަހަރެއްގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ގިނަ މީހުން ދިރިއުޅޭއިރު، ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުގެ މީހުންވެސް އުޅެއެވެ.

"އެ ބޮން ހަރުކޮށްފައި ހުރީ ބަހުގެ އެންމެ ފަހަތުގައި. އެންމެ ގިނަ މީހުން އިށީންނަނީވެސް ބަހުގެ ފަހަތު ސީޓުތަކުގައި،" އެގައުމުގެ ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

މި ހާދިސާގައި ފަސް މަހުގެ ތުއްތު ކުއްޖަކަށާއި، ތިން އަހަރުގެ ކުއްޖަކަށްވެސް އަނިޔާވެފައިވެއެވެ.

އައިއެސް އަށް ވާގިވެރިވާ ޖަމާއަތްތައް ދިރިއުޅޭ އެ ސަރަހައްދުގައި ނަސާރައިންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް މީގެ ކުރިންވެސް ވަނީ ދީފައެވެ.

comment ކޮމެންޓް