ކޭސްތައް އިތުރުވަމުން އަންނާތީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކޮށްފި

ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާތީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރަނީ --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި މި ދުވަސްވަރު ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ކޮވިޑުގެ ހާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކޮށްފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކޮވިޑްގެ ހާލަތާ ގުޅޭގޮތުން ކުރިއަށް ގެންދެވި މަޝްވަރާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ބަލި ހުރިކަން ދެނެގަތުމަށް ޓަކައި ހަދަންޖެހޭ ޓެސްޓް، އާންމުންނަށް ފަސޭހަކަމާއެކު ހެދޭނެ ގޮތްތައް ހަމަޖެއްސެވުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމުގެ ކަންކަން ފުޅާކުރާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ވީހާވެސް ގިނަ ފަރާތްތަކަށް ލުއިފަސޭހަ ކަމާއެކު، ވެކްސިން ޖެހޭނެ އިންތިޒާމުތައް، ހަމަޖެއްސުމާބެހޭ ގޮތުން ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މެންބަރުން މަޝްވަރާކުރެއްވިއެވެ.

މުޅި ދުނިޔޭގައިވެސް ވަރަށް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑުގެ ނުރައްކާތެރި އަދި އެހާމެ ބާރުގަދަ ވައްތަރެއްކަމުގައިވާ އޮމިކްރޯން ވޭރިއަންޓަށް، ދިވެހިންގެ ތެރެއިން އަށް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން މިއަދު ވަނީ ބުނެފައެވެ.

comment ކޮމެންޓް