ގއ. ކޮލަމާފުށި މަގުތަކު ތާރު އަޅަން ޕްލޭނިން މިނިސްޓްރީން ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކޮށްފިއެވެ.
ޑިޒައިން އެންޑް ބިޑް އުސޫލުން ހަވާލު ކުރެވުނު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިއްޔެ ޕްލޭނިން މިނިސްޓްރީގައެވެ.

ގެ. ކޮލަމާފުށި މަގުތަކު ތާރު އަޅަން އާރްޑީސީ އާ ހަވާލު ކުރުމުގެ ތެރެއިން -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ
މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް އަހުމަދު ތޮލްހަތެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.
މި މަޝްރޫގެ ދަށުން ކޮލަމާފުށީގައި 4.8 ކިލޯމީޓަރުގެ މަގުތަކުގައި ތާރު އަޅާނެއެވެ. އަދި ފެން ހިންދާ ނިޒާމު ގާއިމު ކުރުމުގެ އިތުރުން މަގު ތަމުގައި މަގުބައްތި ޖަހާނެއެވެ.

ގއ. ކޮލަމާފުށި މަގުތަކު ތާރު އަޅަން ހަމަޖެހިފައިވާ ސަރަހައްދުގެ ކުރެހުން -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ
ޕްލޭނިން މިނިސްޓްރީޏް ބުނީ މި މަސައްކަތް ހަވާކު ކުރީ 450 ދުވަހުން ނިންމާ ގޮތަށް ކަމަށެވެ.
މި މަޝްރޫއުގެ އަގަކީ 85 މިލިއަން ރުފިޔާއެވެ.