މަނަދޫގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކުރަނީ

ނ. މަނަދޫގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކުރަން ހަވާލު ކުރުމުގެ ތެރެއިން -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ނ. މަނަދޫގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރުމަށް ބަޔަކާ ހަވާލު ކޮށްފިއެވެ.

އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫނު ބައިވެރިވެވަޑައިގަތެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، މަނަދޫގައި ޓޫރިސްޓް ހޮޓާ ތަރައްގީ ކުރާނީ 132،000 އަކަފޫޓުގެ ބިމެއްގައި ކަމަށެވެ.

މި މަސައްކަތް ހަވާލު ކޮށްފައި ވަނީ ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އައްބާސް މުހައްމަދެވެ.

މަދުވެގެން 50 ކޮޓަރި ހިމެނޭ މި ހޮޓާ، އަންނަ ޖުލައި މަހުގެ ކުރިން ހުޅުވަން މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް