މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 168 މީހުން

މާލޭގެ މަގުމަތިން އެޗްޕީއޭއިން ރެންޑަމް ސާމްޕަލް ނަގަނީ -- ސަން ފޮޓޯ/ފަޔާޒް މޫސާ

ރާއްޖެއިން މިއަދު މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓްވީ 168 މީހުންނެވެ.

މާލޭ ސަރައްހަދުން 1،270 ސާމްޕަލް ނެގުނުއިރު އޭގެތެރެއިން ޕޮޒިޓްވްވެފައި ވަނީ 44 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅު ތެރޭގެ ރަށްތަކުން 73 މީހުންނާ އެކު ރިސޯޓުތަކުން ވަނީ 50 މީހުން ޕޮޒިޓްވް ވެފައެވެ. އަދި ރާއްޖެއިން ބޭރުގައި ތިބި ދިވެހީންގެ ތެރެއިން އެކަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ 4،223 ސާމްޕަލް ވަނީ ނަގާފައެވެ. އެގޮތުން، މާލޭގެ ޕޮޒިޓިވިޓީ ރޭޓް މިއަދު ހުރީ ތިން ޕަސެންޓުގައެވެ.

މި ބަލީގައި އަށް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު މިހާތަނަށް ރާއްޖެއިން ވަނީ 261 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑުގެ އެކްޓިވް ކޭސަސްގެ ގޮތުގައި މިހާރު ތިބީ 2،079 މީހުންނެވެ. މިހާތަނަށް މުޅި ޖުމްލަ ރާއްޖެއިން މި ބައްޔަށް 95،032 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި 92،679 މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް