ބަންގްލަދޭޝްގެ ފެރީއެއްގައި ރޯވެ 38 މީހަކު މަރުވެއްޖެ

ބަންގްލަދޭޝްގައި ދަތުރު ކުރަމުން ދަނިކޮށް ރޯވި ފެރީ ---

ބަންގްލަދޭޝްގެ ފެރީއެއްގައި ރޯވެ 38 މީހަކު މަރުވެއްޖެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި އެ ހާދިސާ ހިނގީ އެގައުމުގެ ސުގަންދާ ކޯރުގައި އޮތް ފެރީއެއްގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައިއެވެ.

އެ ފެރީގައި ރޯވާން މެދުވެރިވީ ބަންގަލަދޭޝްގެ ވެރިރަށް ޑާކާއިން ފުރައިގެން ބަރްގުނާއަށް ކުރި ދަތުރުގައި އިންޖީނުގައި ރޯވެގެން ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

އެ ހާދިސާ ހިނގި ވަގުތު ފެރީގައި ތިބި ބައެއް މީހުން ގެއްލި، އަދިވެސް ފެނިފައި ނުވާ އިރު، 50އަށް ވުރެ ގިނަ މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި ބައެއް މީހުންގެ ހާލު ސީރިއަސްވުމުން އެ ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވިއެވެ.

އެ ހާދިސާގައި ބައެއް މީހުން ގެއްލުނީ އަލިފާންގަނޑުން ސަލާމަތް ވުމަށް ޓަކައި ކޯރަށް ފުންމާލުމުންނެވެ. އަދި ގިނަ މީހުން މަރުވީ ގެނބިގެންނެވެ.

އެ ހާދިސާ ހިނގި ވަގުތު ފެރީގައި 500 ވަރަކަށް މީހުން ތިބި ކަމަށާއި ގިނަ މީހުން ތިބީ ނިދާފައި ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

comment ކޮމެންޓް