ކާށިދޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީން ވާދަކުރާނީ ދޮންބިލެތް އަހްމަދު

އަންނަ މަހު އޮންނަ ކާށިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން އެމްޑީޕީގެ ކަށިދޫ ދާއިރާގެ ރައީސް އަހްމަދު ހަލީމް ( ދޮންބިލެތް) ނެރުމަށް އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ޕްރައިމަރީއަކަށް ނުގޮސް އެމްޑީޕީގެ ޓިކެޓް ދޮންބިލަތް އަހުމަދު ހަލީމަށް ދޭން ނިންމީ ކާށިދޫ ދާއިރާއަށް ކުރިމަތި ލުމަށް އެމްޑީޕީގެ ޓިކެޓަށް އެދިފައިވަނީ ހަމައެކަނި އޭނާ ކަމަށްވާތީ ކަމަށެވެ.

އަދި އެމްޑީޕީގެ ޓިކެޓް ދިނުމަށް ދޮންބިލަތް އެދިފައިވަނީ ކާށިދޫ ދާއިރާގައި ހިމެނޭ އެމްޑީޕީ މެންބަރުންގެ ތެރެއިން 10 ޕަސެންޓް މީހުންގެ ތާއީދާއެކު ކަމަށް އިންތި ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަން އެމްޑީޕީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އޮންނަ ކާށިދޫ ދާއިރާގެ ބައި އިކެލެކްޝަނުގައި ވާދަކުރުމަށް ޕީޕީއެމްގެ މެންބަރު، ކުރީގެ ރައީސް މައުމޫނު ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ޖާބިރު ވެސް ވަނީ އެ ދާއިރާއަށް ކުރިމަތިލުމަށް ޝައުގު ވެރިކަން ފާޅުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު