ދެން އޮތީ ރަންބީރާއި އާލިއާގެ ކައިވެނި!

ރަންބީރް ކަޕޫރާއި އާލިއާ ބަޓް

ބޮލީވުޑްގެ ތަރި ކެޓްރީނާއާއި ވިކީގެ ކުލަގަދަ ކައިވެންޏަށްފަހު ދެން މިއޮތީ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏެވެ. އާލިއާއާއި އޮތް ގުޅުން ރަސްމީކޮށް ރަންބީރް ހިއްސާކޮށްފައިވާއިރު އޭނާ ބުނެފައިވަނީ ކޮވިޑްގެ މި ދަތި ހާލަތު މެދުވެެރި ނުވިނަމަ މިހާރު އޭނާގެ ކައިވަނި އޮންނާނީ ވެ ނިމިފައި ކަމަށެވެ.

ނަމަވެސް ކައިވެންޏާ ހަމައަށް ދިއުމަށް ވިސްނާއިރު ދެމީހުންގެ ފިލްމީ ޝެޑިއުލް ވަނީ އެކަމަށް ހުރަސް އަޅާފައި ކަމަށް ރަންބީރް ވަނީ ބުނެފައެވެ. ނަމަވެސް މި ދެ ތަރިންގެ ކައިވެންޏަކީވެސް ފޭނުންނާއި ބޮލީވުޑް އިންތިޒާރުކުރާ ކައިވެންޏަކަށް ވާނެއެވެ.

މީގެ ކުރިން އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ދެމީހުންގެ ކައިވެނި ވަނީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހަށް ލަސްކުރެވިފައެވެ. ނަމަވެސް އިންޑިއާގެ އެންމެ ފަހުގެ ރިޕޯޓުތަކުން ކަށަވަރުކޮށްފައިވާ ގޮތުގައި ދެތަރިންގެ ކައިވެންޏާ ބެހޭ އެންމެ ފަހުގެ ޚަބަރަކީ ކުލަގަދަކޮށް ކައިވެނި ހަފުލާ ނުބާއްވާ، އާދައިގެ ގޮތަކަށް ކައިވެނީގެ ކަންކަން ކުރުމެވެ.

އާލިއާ ބަޓްގެ ގާތް މީހަކު ބުނެފައިވާ ގޮތުގައި ރަންބީރާއި އާލިއާގެ ކައިވެނި ކުލަގަދަކޮށް ފާހަގަ ނުކުރާނެކަމަށާއި ކައިވެނި ކުރާނީ މުމްބާއީގަައި ކަމަށެވެ. އަދި ކައިވެންޏަށް ދައުވަތު ދެވޭނީ ހަމަައެކަނި ދެތަރިންގެ އާއިލާއަށާއި ރައްޓެހިންނަށް ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ގިނަ މީހުންނަށް ދައުވަތު ނުދޭނެ ކަމަށް ބެލެވޭ ސަބަބަކީ ދެ ތަރިންނަކީވެސް ވަރަށް "ޕްރައިވެޓް" ދިރިއުޅުމެއް އުޅޭ ބަޔަކަށް ވުމެވެ.

ހަމައެއާއެކު އެ ފަރާތުން މައުލޫމާތު ދިން ގޮތުގައި މުމްބާއީގައި ކައިވެނިކުރުމަށް ރަންބީރާއި އާލިއާ ބޭނުންވީ ރަންބީރްގެ ބޮޑުބޭބެއަށާއި އާލިއާގެ ބައްޕަ މަހޭޝް ބަޓަށް ދިގު ދަތުރުތައް ނުކުރެވޭނެތީއެވެ. އަދި އިންޑިއާގެ ރިޕޯޓުތައް ބުނާގޮތުން ދެތަރިންގެ ކައިވެނި ކުރެވޭނީ މުމްބާއީގެ ތާޖް ލޭންޑް އިންޑްގައެވެ. ނަމަވެސް ކައިވެނި ކުރާ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު