ބީޓީއެސްގެ ތަރިން އިންސްޓަގްރާމަށް! އެއް ދުވަސް ތެރޭ 10 މިލިއަން ފޮލޯވަރުން!

ބީޓީއެސްގެ ތަރިން އިންސްޓަގްރާމްގައި އެމީހުންގެ އަމިއްލަ އެކަަައުންޓެއް ހެދުމާއެކު އެއް ދުވަސްތެރޭ ދިހަ މިލިއަނެއްހާ ފޮލޯވަރުންނާއެކު ރިކޯޑު ހޯދައިފިއެވެ.

ބީޓީއެސްގެ މެންބަރުން މީސް މީޑިއާގައި މަޑުޖެހިފައިވާ ދުވަސްކޮޅެއްގައި ފޭނުން ސިހިގެން ދިޔައީ ހޯމަ ދުވަހު ޖިން, ޖިމިން، ސުގަ، ޖަންގްކޫކް، ޖޭ ހޯޕް، އާރްއެމް އަދި ވީ އެމީހުންގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓެއް ހެދުމުންނެވެ. ސައުތު ކޮރެއާގެ މި ހަތް ލަވަކިޔުންތެރިންގެ ފޭނުން ދުނިޔޭގެ އެކި ހިސާބުތަކުގައި ވާ އިރު އެ ތަރިންގެ ތެރެއިންވެސް ވީއަށް އޮތް ތަރުހީބު އިންސްޓަގްރާމްގެ ފޭންބޭސްއަށް ބަލައިލުމުން ފެނެއެވެ.

ކިމް ޓައެ ޔަންގް ނުވަތަ ވީއަށް ވަނީ ހޮލީވުޑުގެ އެކްޓްރެސް އެންޖެލީނާ ޖޯލީއަށް، މަދު ވަގުތުކޮޅެއްގައި ލިބުނު ފޮލޯވަރުންނަށް ވުރެވެސް ގިނައިން ފޮލޯވަރުން ލިބިފައެވެ. އެންޖެލީނާ ޖޯލީ ވަނީ ކުރީގައި އެއް މިލިއަން ފޮލޯވަރުންނާއެކު ރިކޯޑު ހޯދައިފައެވެ. ނަމަވެސް އުމުރުން 25 އަހަރުގެ ކިމް ރިކޯޑު ހޯދާފައިވަނީ މަދު ވަގުތުކޮޅެއްގެ ތެރޭގައި 10 މިލިއަން ފޮލޯވަރުންނާއެކުއެވެ. ކިމްގެ މިހާރުގެ ފޭން ބޭސްއަށް ބަލާއިރު ހަތަރު ދުވަސްތެރޭ 23.8 މިލިއަން މީހުން ވަނީ އޭނާއަށް ފޮލޯކޮށްފައެވެ.

އެކި ރިޕޯޓުތަކުން ބުނާގޮތުގައި އިންސްޓަގްރާމްގެ އަމިއްލަ އެކައުންޓްތައް ހައްދާފައިވަނީ ބީޓީއެސްގެ ހަތް މެންބަރުންވެސް އެމީހުންގެ އަމިއްލަ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލަން ދިއުމަށެވެ. މިއީ އެ ހަތް މެންބަރުން 2013 ވަނަ އަހަރުގެ ފަހުން އެއްފަހަރާ ޗުއްޓީ ހޭދަކުރުމަށް ތައްޔާރުވާ ފުރަތަމަ ފަހަރެވެ.

އަދި ވަކިން އެކައުންޓުތައް ހެއްދުމުން ހަތް މެންބަރުން އެކި ތަންތަނުގައި ތިބި ކަމުގައި ވިޔަސް ފޭނުންނާ އޮތް ގުޅުމާއި އެކަކު އަނެކަކާ ގުޅުން ބަދަހިވާނެ ކަމަށް ބީޓީއެސްގެ ތަރިން ބުނެފައިވާކަމަށް ރިޕޯޓްތަކުން ބުނެފައިވެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު