ދަރަނބޫދޫ ބަނދަރުގެ ބްރިޖު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފި

ދަރަނބޫދޫ ބަނދަރުގައި އެޅި ބުރިޖު -- ފޮޓޯ/ އެމްޓީސީސީ

ފ. ދަރަނބޫދޫ ބަނދަރުގެ ބުރިޖު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ބުރިޖު މަސައްކަތް ނިންމާލާފައިވާއިރު، އެމްޓީސީސީން ބުނީ އެ މަސައްކަތުގެ އިތުރުން އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ވެސް 88 ޕަސެންޓް މަސައްކަތް މިވަގުތާ ހަމައަށް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 46,600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 410 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2500 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މި ބިޔަ މަޝްރޫއުއަށް ހަރަދު ކުރަން ނިންމާވަނީ 40.2 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް