ޑޮލަރުގެ ވަގު ވިޔަފާރީގެ ތުހުމަތުގައި ދެ ބިދޭސީން ހޯދަނީ

ޑޮލަރުގެ ވަގު ވިޔަފާރީގެ ތުހުމަތުގައި ދެ ހޯދާ ދެ ބިދޭސީން -- ފޮޓޯ/ ޕޮލިސް

ޑޮލަރުގެ ވަގު ވިޔަފާރީގެ ތުހުމަތުގައި ދެ ބިދޭސީން ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިއުލާނުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ މުޙައްމަދު އިޤްބާލް ހޮސައިން (ޕާސްޕޯޓް ނަންބަރު EE0669802) އާއި ޝޮހެލް (ޕާސްޕޯޓް ނަންބަރު BC0463544) އެވެ.

ފުލުހުން ބުނީ އެ ދެމީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ، ދިވެހިރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ކަމުގެ ތުހުމަތު ކުރެވޭ ދެމީހުން ކަމަށެވެ.

މީގެ އިތުރުން އެ ދެމީހުންނަކީ ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާކަމަށް ތުހުމަތުކުރެވޭ ދެމީހުން ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން އެދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި، މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް